ވެންޓިލޭޓަރުގެ އަގާއެކު އާބިޓްރޭޝަން ފީ ދައްކަން ދުބާއީ ކުންފުންޏަށް ހުކުމްކޮށްފި

ބަންޑާރަ ނައިބު އަހުމަދު އުޝާމް: ވެންޓިލޭޓަރު ހިޔާނާތާ ގުޅިގެން ހުށަހެޅި އާބިޓްރޭޝަން މައްސަލަ ކާމިޔާބުކޮށްފި - ފޮޓޯ: ރައީސް އޮފީސް

ބަންޑާރަ ނައިބު އަހުމަދު އުޝާމް: ވެންޓިލޭޓަރު ހިޔާނާތާ ގުޅިގެން ހުށަހެޅި އާބިޓްރޭޝަން މައްސަލަ ކާމިޔާބުކޮށްފި - ފޮޓޯ: ރައީސް އޮފީސް

ކޮވިޑުގެ ބަލިމަޑުކަމުގެ ދުވަސްވަރު ރާއްޖެއިން އޯޑަރު ކުރި ވެންޓިލޭޓަރުތަކުގެ ބަދަލުގެ ގޮތުގައި ދެ މިލިއަން ޑޮލަރު އަދި އެ ބަދަލު ހޯދުމަށް ޓަކައި އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައަށް ދައުލަތުން ހަރަދުވި އެއްލައްކަ ޑޮލަރު ދިވެހި ސަރުކާރަށް ދައްކަން، އެ ތަކެތި ގެނައުމަށް ހަވާލުކުރި ދުބާއީ ކުންފުނި، އެގްޒެކިއުޓާސްއަށް ދިވެހި އާބިޓްރޭޝަނުން ހުކުމްކޮށްފި އެވެ.

ދުބާއީ ކުންފުނި އެގްޒެކިއުޓާސްއަށް ކުރީގެ ސަރުކާރުން ހަވާލުކުރީ 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށެވެ. އެކަމަށް އެދުނު މުއްދަތު ހަމަވިތާ އެތައް ދުވަހެއް ފަހުން އެ ކުންފުނިން ރާއްޖެއަށް ފޮނުވީ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު ނުލިބެ އެވެ.

އެ ތަކެތީ ޖުމުލަ އަގު 31,052,025ރ. އަށް އަރާއިރު، ތަކެތި ނުލިބުމުގެ ސަބަބުން ލިިބިފައިވާ ގެއްލުމުގެ ބަދަލާ އެކު ޖުމުލަ 32,574,750ރ. އަށްވާ 2،112،500 އެމެރިކާ ޑޮލަރު ހޯދުމަށް ދިވެހި ސަރުކާރުން އާބިޓްރޭޝަނުގައި އެދުނެވެ.

Advertisement

މޯލްޑިވްސް އާބިޓްރޭޝަނުން ނެރުނު ފައިނަލް އެވޯޑުގައި އެ ފައިސާ ދިވެހި ސަރުކާރަށް ދެއްކުމަށް އަންގާފައިވެ އެވެ. އަދި އާބިޓްރޭޝަން ފީއަށް ހަރަދުވި 132،865.56ރ. ދެއްކުމަށް ވެސް އަންގާފައިވެ އެވެ. އެ ފައިސާ ދެއްކުމާ ހަމައަށް އަހަރަކު ދެ ޕަސެންޓުގެ ރޭޓުން އިންޓްރެސްޓް ދައްކަން ވެސް އާބިޓްރޭޝަނުން އެންގި އެވެ.

ދުބާއީ ކުންފުނިން، އާބިޓްރޭޝަންގެ އަޑުއެހުންތަކަށް ހާޒިރުވެފައެއް ނުވެ އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ނޫސް ބަޔާނެއް މެދުވެރިކޮށް ބުނީ އާބިޓްރޭޝަނުން ނެރުނު ފައިނަލް އެވޯޑަކީ ގާނޫނީ ގޮތުން ތަންފީޒު ކުރަން ޖެހޭނެ އެވޯޑަކަށް ވާތީވެ، އޭގައި ކަނޑައަޅާފައިވާ ފައިސާ ހޯދުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވުމަށް 34 މިލިއަން ރުފިޔާގެ ބިޑެއް ހުށަހެޅުމުން މާލިއްޔަތު ގާވައިދާ ހިލާފަށް އެއްބަސްވުމުގައި ސޮއިނުކޮށް 30 މިލިއަން ރުފިޔާ، އެ ކުންފުންޏަށް ދޫކުރި އެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ހެލްތު މިނިސްޓްރީއިން ބުނެފައިވާއިރު އެފަދަ ލަފައެއް ދީފައިނުވާނެ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފަ އެވެ.

އެ ހިޔާނާތުގެ ސަބަބުން ދިވެހި ދައުލަތަށް ގިނަ ގެއްލުންތަކެއް ލިބިފައިވާތީވެ، އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައް ވެސް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

ވެންޓިލޭޓަރުތައް ގެނައުމުގައި ވެފައިވާ ހިޔާނާތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށް ފަހު، އެ ފައިސާ އަނބުރާ ހޯދުމަށް އަންގާފައިވެ އެވެ.

ތަހުގީގުކުރުމަށް ފަހު އެންމެ ފުރަތަަމަ ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ހިމެނޭ ގޮތަށް ހެލްތު މިނިސްޓްރީގެ 11 މުވައްޒަފެއްގެ މައްޗަށް ދައުވާކުރަން ހުށަހެޅި އެވެ. ނަމަވެސް ތަހުގީގު ފުރިހަމަ ނުވާކަމަށް ބުނެ ހަތަރު ފަހަރެއްގެ މަތިން އެ މައްސަލަ އަނބުރާ ފޮނުވާލީ އެވެ.

އެއާއެކު އޭސީސީން ވަނީ އެ މައްސަލަތަކުގެ ތެރެއިން އަށް މީހެއްގެ މައްސަލަ ފައިލްކޮށްފަ އެވެ. އޭގެ ފަހުން ދެން ފޮނުވީ ތިން މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށެވެ. އޭގެ ތެރޭގައި މިނިސްޓަރު އަމީން ނުހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox