Advertisement

ދެކުނުގެ 56 ދޯންޏަކަށް ރެސްކިއު ޑައިވަރުން ތަމްރީނުކޮށްފި

26 ފެބުރުވަރީ 2024 - 13:18 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރެސްކިއު ޑައިވް ކޯސް ފުރިހަމަ ކޮށްފައިވާ ބައެއް ފަޅުވެރިން -- ފޮޓޯ: އެކްސް


ދެކުނުގެ 56 ދޯންޏަކަށް ރެސްކިއު ޑައިވަރުން ތަމްރީނުކޮށްފި

26 ފެބުރުވަރީ 2024 - 13:18 0

ރާއްޖޭގައި މަސްވެރިކަން ކުރާ ކޮންމެ ދޯންޏެއްގައި ރެސްކިއު ޑައިވަރެއް ބެހެއްޓުމުގެ އަމާޒުގައި ސަރުކާރުން ފެށި ޕްރޮގްރާމްގެ ދަށުން ދެކުނުގެ އަތޮޅުތަކަށް ނިސްބަތްވާ 56 ދޯންޏަކަށް ރެސްކިއު ޑައިވަރުން ތަމްރީނު ކޮށްފި އެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރެސްކިއު ޑައިވަރުން ތަމްރީން ކުރުމަށް މިނިސްޓްރީން ހިންގަމުންދާ ތަމްރީން ޕްރޮގްރާމުގެ ދަށުން ދެކުނުގެ 56 ދޯންޏަކުން 56 ފަޅުވެރިން ކޯސް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ މަސްވެރިކަމުގެ ސިޔާސަތު ތަންފީޒު ކުރުމަށް މިނިސްޓްރީގެ މަސައްކަތުގެ ތެރެއިން ރާއްޖޭގައި ފީނައިގެން އެންވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވް ފެންވަރަށް ތަމްރީން ކުރުމަކީ އަމާޒެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ރެސްކިއު ޑައިވް ކޯސް ކުރިޔަށް ގެންގޮސްފައި ވަނީ ދެކުނުގެ ގއ. މަޑަވެލި، ގއ. ކޮލަމާފުށި، ގއ. ވިލިނގިލި، ގއ. ދާންދޫ އަދި ސ. މަރަދޫގަ އެވެ.

ރެސްކިއު ޑައިވް ކޯސް ފުރިހަމަ ކޮށްފައިވަނީ:

• ގދ. މަޑަވެލި – އަށް ފަޅުވެރިން

• ގއ. ކޮލަމާފުށި – ފަސް ފަޅުވެރިން

• ގއ. ވިލިނގިލި – 14 ފަޅުވެރިން

• ގއ. ދާންދޫ – ހަތް ފަޅުވެރިން

• ސ. މަރަދޫ – 11 ފަޅުވެރިން

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި ޕްރޮގްރާމް ފަށަން ކެބިނެޓުން ނިންމީ ޑިސެމްބަރު މަހުގެ 24 ގަ އެވެ.