Advertisement

އެމްއައިބީން އެކައުންޓެއް އެންމެ 38 ސިކުންތުން ވެސް ހުޅުވިދާނެ

26 ފެބުރުވަރީ 2024 - 12:32 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ބްރާންޗެއް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އެމްއައިބީން އެކައުންޓެއް އެންމެ 38 ސިކުންތުން ވެސް ހުޅުވިދާނެ

26 ފެބުރުވަރީ 2024 - 12:32 0

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އެންމެ 38 ސިކުންތުންވެސް އެކައުންޓެއް ހުޅުވިދާނެކަން

"އެމްއައިބީ ރަމަދާން ފެސްޓު 2024" އިން ސާބިތުކޮށްދީފި އެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދިޔަ މި ފެސްޓުގައި އެމްއައިބީގެ ސްޓޯލަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ކޮންމެ ދުވަހަކު އެންމެ އަވަހަށް އެކައުންޓު ހުޅުވި ފަރާތަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނެވެ.

އެގޮތުން ފުރަތަމަ ރޭ އެންމެ އަވަހަށް އެކައުންޓު ހުޅުވުނީ އެއް މިނެޓު 27 ސިކުންތުން ކަމަށްވާއިރު، ދެވަނަ ރޭ އެންމެ އަވަހަށް އެކައުންޓު ހުޅުވުނީ 58 ސިކުންތުންނެވެ. އަދި ތިންވަނަ ރޭ އެންމެ އަވަހަށް އެކައުންޓު ހުޅުވުނީ 38 ސިކުންތުންނެވެ.

މި ޗެލެންޖުގައި ބައިވެރިވެ އެކައުންޓު ހުޅުވި ފަރާތްތަކަށް ވަގުތުން ކާޑު ހަވާލުކޮށްފައިވާއިރު، އަލަށް އެކައުންޓު ހުޅުވާ ފަރާތްތަކަށް އެމްއައިބީގެ ބްރާންޗުތަކުން އިންސްޓެންޓު ކާޑު ހޯދައި އެކައުންޓާ ލިންކު ކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ.

އެމްއައިބީން ބުނީ އެކައުންޓު ހުޅުވުމަށް ފޯމު ފުރައިގެން އެ ބޭންކުގެ އެކި ކައުންޓަރުތަކަށް ދާން ނުޖެހޭނެ ކަމަށާއި، އޮންލައިންކޮށް މިހާރު ވަރަށް ފަސޭހައިން އެ ބޭންކުގެ އެކައުންޓު ހުޅުވޭނެ ކަމަށެވެ.

އެމްއައިބީން ރޯދަ މަހަށް ހާއްސަކޮށްގެން އެޕްރީލް 13، ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ ޕްރޮމޯޝަންގެ ދަށުން ވިސާ ކާޑުން އެންމެ 20 ޓްރާންސެކްޝަން ހަދައިގެން ގުރުއަތުން ހޮވޭ ހަތަރު މީހަކަށް އުމްރާ ދަތުރެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ދެ ފަރާތަކަށް އިފްތާރް ޕެކޭޖެއް ވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްއައިބީން ބުނެ އެވެ.

އެމްއައިބީގެ ގިނަ ހިދުމަތްތައް ޑިޖިޓަލް ކޮށްފައިވާއިރު، އެ ބޭންކުގެ ހިދުމަތްތަކަކީ ކޮންމެ މީހަކަށް ކޮންމެ ތަނެއްގައި ހުރެގެން ވެސް ފަސޭހައިން ލިބޭނެ ހިދުމަތަކަށް ވަނީ ހަދާފަ އެވެ.