Advertisement

މޮޑްރިޗްގެ ލަނޑާ އެކު ސެވިއްޔާ އަތުން ރެއާލް މޮޅުވެއްޖެ

26 ފެބުރުވަރީ 2024 - 09:51 0


މޮޑްރިޗްގެ ލަނޑާ އެކު ސެވިއްޔާ އަތުން ރެއާލް މޮޅުވެއްޖެ

26 ފެބުރުވަރީ 2024 - 09:51 0

މެޑްރިޑް (ފެބްރުއަރީ 26) - މެޗުގެ ފަހު ދިހަ މިނިޓުގެ ތެރޭގައި ތަޖުރިބާކާރު މިޑްފީލްޑަރު ލޫކަ މޮޑްރިޗް ޖެހި ލަނޑާއެކު، ސްޕެއިން ލީގުގައި ރޭ ސެވިއްޔާ އަތުން 1-0 އިން ރެއާލް މޮޅުވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން މޮޅުވެ، ރެއާލް ވަނީ ތާވަލްގެ އެއް ވަނައިގައި އަށް ޕޮއިންޓްގެ ލީޑެއް ހޯދައިފަ އެވެ. ދެ ވަނައިގައި އޮޓީ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އެވެ.

ރޭގެ މެޗުގެ ނަތީޖާއާ އެކު، ރެއާލް އިން ވަނީ މި ސީޒަންގައި ބަލިނުވެ 20 މެޗު ހަމަކޮށްފަ އެވެ. މި މޮޅާ އެކު ރެއާލް ވަނީ އެ ޓީމު ބަލިނުވެ ދަމަހައްޓަމުންދާ ރެކޯޑް 20 މެޗަށް އިތުރުކޮށްފަ އެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެންއެރި މޮޑްރިޗް ،37، ރެއާލް މޮޅުވި ލަނޑުޖެހީ މެޗުގެ 81 ވަނަ މިނިޓުގަ އެވެ. ޕެނަލްޓީ އޭރިޔަ ބޭރުން ލިނުނި ބޯޅަ މޮޑްރިޗް އަމާޒުކޮށްލީ ގޯލުގެ ތިރީ ކަނަށެވެ.

"މިއީ ރެއާލަށް ހައްގު މޮޅެއް. އަހަރަމެން އެންމެ ފަހުގެ ވަގުތާ ޖެހެންދެން އިންޓެންސިޓީ އެއް ފެންވަރެއްގައި ހިފެހެއްޓިން. އެހެންވެ މިގޮތަށް ނަތީޖާ ނުކުންނަނީ،" ރެއާލްގެ ކޯޗު ކާލޯ އެންޗަލޮޓީ ބުންޏެވެ.

ރެއާލްގައި 16 އަހަރު ހޭދަކުރުމަށް ފަހު 2021 ވަނަ އަހަރު އެ ޓީމު ދޫކޮށްލި ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޮސް ވަނީ އެ ޓީމުގެ ދޫކޮށްލި ފަހުން ފުރަތަމަ ފަރހަަށް ރެއާލްގެ ދަނޑުގައި ރޭ ކުޅެފަ އެވެ.