Advertisement

ގަންނަ މާޓުން "200 ވަނަ ބިލު ހަމަ ހިލޭ" ޕްރޮމޯޝަން ފަށައިފި

25 ފެބުރުވަރީ 2024 - 15:52 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ގަންނަ މާޓުން "200 ވަނަ ބިލު ހަމަ ހިލޭ" ޕްރޮމޯޝަން ފަށައިފި

25 ފެބުރުވަރީ 2024 - 15:52 0

އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ ދަށުން ހިންގާ ގަންނަ މާޓުގެ "200 ވަނަ ބިލު ހަމަ ހިލޭ" ޕްރޮމޯޝަން ފަށައިފި އެވެ.

އޭޑީކޭއިން ބުނީ، މި ޕްރޮމޯޝަންގެ ދަށުން ގަންނަ މާޓުން ކޮންމެ ދުވަހަކު ވިޔަފާރިކުރާ 200 ވަނަ ކަސްޓަމަރު ގަންނަ ހުރިހާ އެއްޗެއް ހިލޭ ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަން ކުރިޔަށްދާނީ މ. އަލިވެލި، ބުރުޒުމަގު ކަންމައްޗަށް ވާގޮތަށް ހުންނަ ގަންނަ މާޓުގެ ފިހާރައިން ކަމަށް އޭޑީކޭއިން ބުނެ އެވެ.

އޭޑީކޭއިން ބުނީ މި ޕްރޮމޯޝަން ކުރިޔަށްދާނީ ރޯދަ މަސް ނިމެންދެން ކަމަށާއި، ކޮންމެ މީހަކަށްވެސް ބިލު ހިލޭ ކޮށްލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މަޝްހޫރު ގިނަ ބްރޭންޑުތަކުގެ އެކި ބާވަތުގެ ކާބޯތަކެއްޗާއި ރީތިވާ ސާމާނު ލިބެން ހުންނަ ގަންނަ މާޓުން އަންނަނީ މިފަދަ ގިނަ ޕްރޮމޯޝަންތައް އަބަދުވެސް ބާއްވަމުންނެވެ.