Advertisement

ރާއްޖެ ޒިޔާރަތްކުރި ޗައިނާ ފަތުރުވެރިންގެ އަދަދު ބައިލައްކަ ހުރަސްކޮށްފި

25 ފެބުރުވަރީ 2024 - 14:50 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ރާއްޖެ ޒިޔާރަތްކުރި ޗައިނާ ފަތުރުވެރިންގެ އަދަދު ބައިލައްކަ ހުރަސްކޮށްފި

25 ފެބުރުވަރީ 2024 - 14:50 1

މި އަހަރު ރާއްޖެ ޒިޔާރަތްކުރި ޗައިނާ ފަތުރުވެރިންގެ އަދަދު ބައިލައްކަ ހުރަސްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް ޗައިނާގެ 51،984 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 13.7 ޕަސަންޓުގެ ކުރިއެރުމެކެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 36،423 ފަތުރުވެރިންނާއެކު ދެވަނައަށް ރާއްޖެއަށް އެންމެ ގިނައިން ރަޝިއާ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، 35،834 ފަތުރުވެރިންނާއެކު އެންމެ ގިނައިން ޒިޔާރަތް ކުރީ އިޓަލީ ފަތުރުވެރިންނެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތައް:

• އިނގިރޭސިވިލާތް – 33،401

• އިންޑިއާ – 25،096

• ޖަރުމަން – 23،341

• ފްރާންސް – 14،360

• އެމެރިކާ – 12،194

• ޕޮލެންޑު – 9،588

• ސްވިޒަލޭންޑް – 8،297

ރާއްޖެއަށް މި އަހަރު އެވްރެޖުކޮށް ދުވާލަކު 7،744 ފަތުރުވެރިން ޒިޔާރަތް ކުރެ އެވެ. އަދި އެވްރެޖުކޮށް ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން 7.8 ދުވަހު ރާއްޖޭގައި މަޑުކުރެ އެވެ.

މީގެއިތުރުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 378،245 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 16.2 ޕަސަންޓުގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.8 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި އެވެ. އަދި މި އަހަރު 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އަމާޒު ހިފާފަ އެވެ.