Advertisement

މާލެ ސިޓީން އާންމު ފަރާތްތަކުން ކުނި ނަގާ އުޅަނދުތަކުގެ ފީ ކުޑަކޮށްފި

24 ފެބުރުވަރީ 2024 - 16:43 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މާލެ ސިޓީން އާންމު ފަރާތްތަކުން ކުނި ނަގާ އުޅަނދުތަކުގެ ފީ ކުޑަކޮށްފި

24 ފެބުރުވަރީ 2024 - 16:43 0

މަލެ ސިޓީން ކުނި އުކާލަން އަންނަ އާންމު ފަރާތްތަކުގެ އުޅަނދުތަކުން ނަގާ ފީއަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކުޑަކޮށްފި އެވެ.

ވެމްކޯއިން ބުނީ، މާޗު 1، އިން ފެށިގެން އާންމު ފަރާތްތަކުން ކުނި ގެންނަ އުޅަނދުތަކުން ޓަނަކަށް ނަގަމުން އައި 1،060 ރުފިޔާގެ ފީ ޓަނަކަށް 750 ރުފިޔާއަށް ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.

ބި ބަދަލާއެކު މާލެ ސިޓީން ކުނި އުކާލުމުގެ ހިދުމަތް ފޯރުކޮށްދޭ ފެސިލިޓީތަކަށް އަންނަ އާންމުންނާއި ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮންމެ އުޅަނދަކަށް ހިދުމަތުގެ އަގެއް ގޮތުގައި ވަންނަ ކޮންމެ ފަހަރަކު 150 ރުފިޔާގެ ފީއެއް ނަގަމުންދާނެ ކަމަށްވެސް ވެމްކޯއިން ވަނީ ބުނެފަ އެވެ.

"އަގަށް ގެނެވުނު ބަދަލާއެކު މާލެ ސިޓީގައި ވެއި ބްރިޖު ގާއިމު ކުރެވިފައިވާ ފެސިލިޓީތަކަށް ކުނި ގެނައުމުން އާންމުންގެ ފަރާތުން އަންނަ އުޅަނދަށް ފީ ނަގާނީ ގެންނަ ކުނީގެ ބަރުދަނަށް ބަލައި ޓަނަކަށް 750 ރުފިޔާގެ މަގުން" ވެމްކޯއިން ބުނެ އެވެ.

މިގޮތުން ވެމްކޯއިން ބުނީ، ފެސިލިޓީތަކަށް ކުނި ގެންނަ ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުނި ގެނައުމުން، ބަރުދަނަށް ބަލައި ޓަނަކަށް 2،660 ރުފިޔާގެ މަގުން ފީ ނަގާނެ ކަމަށާއި، އަދި ވެއި ބްރިޖު ގާއިމު ކުރެވިފައި ނުވާ ފެސިލިޓީތަކުން އާންމުން އަތުން ނަގަމުންދާނީ ޓަނަކަށް 750 ރުފިޔާ ކަމަށެވެ.