Advertisement

މަގު ކުނިކަހަން ހުރި މީހެއްގެ ގައިގައި ޖެހުމުން، ސައިކަލް ދުއްވި މީހާ ފިލައިފި

5 އޭޕްރީލް 2024 - 15:49 0

ނިމާ ހަސަން

ނިމާ ހަސަން

މާލޭ މަގުމަތި; މަގުމަތީ ކުނި ކަހަން ހުރި މީހެއް ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓު ވެފައިވޭ -- ފޮޓޯ: އިޔާދު/ އަދަދު


މަގު ކުނިކަހަން ހުރި މީހެއްގެ ގައިގައި ޖެހުމުން، ސައިކަލް ދުއްވި މީހާ ފިލައިފި

5 އޭޕްރީލް 2024 - 15:49 0

މާލޭ މަގުމަތީގައި ކުނި ކަހަން ހުރި މީހެއް ގައިގައި ސައިކަލަކުން ޖެހި ޒަހަމްވެއްޖެ އެވެ.

ފުލުހުން ބުނީ އިއްޒުއްދީން މަގުގައި ކުނި ކަހަން ހުރި މީހެއްގެ ގައިގައި އެ މަގުން ދުއްވާފައި ދިޔަ ސައިކަލަކުން ޖެހުނު ކަމުގެ ރިޕޯޓު ރޭ 11:17 ހާއިރު ކޮށްފައިވާ ކަމަށެވެ. އެ އެކްސިޑެންޓުގައި ޒަހަމްވި މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަަމަށް ވެސް ބުންޏެވެ.

ޒަހަމްވީ އުމުރުން 48 އަހަރުގެ ދިވެހި އަންހެނެކެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގި ވަގުތު ސައިކަލުގައި ތިބި ދެމީހުން މަޑުނުކޮށް ފިލާފައިވާ ކަމަށެވެ.

އެހެންވެ ފުލުހުން ގެންދަނީ އެކްސިޑެންޓުވި ސައިކަލާއި, އެވަގުތު ސައިކަލުގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މާލޭގެ މަގުތައް ކުހިކަހައި ސާފުކުރަން ނުކުންނަ މުވައްޒަފުން އާއްމުކޮށް ތިބެނީ ވެހިކަލްތައް ދުއްވާ މީހުންނަށް ދުރުން ފެންނާހެން، އަލި އެޅުމުން ދިއްލޭ ޖެކެޓްތަކެއް ލައިގެންނެވެ.