6 އޭޕްރީލް 2024 - 15:59 0
ލީވާން އަލީ ނާސިރު
6 އޭޕްރީލް 2024 - 15:59 0
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން މާލެ ސިޓީގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުން ނަގާ ފީ ކުޑަކޮށްފި އެވެ.
ވެމްކޯއިން ބުނީ މާދަމާއިން ފެށިގެން އާންމުންނާއި ކުންފުނިތަކާއި ޓެކްސީތަކާއި ޕިކަޕް އަދި ލޮރީން މާލެ ސިޓީގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުން ކުނި އުކާލުމަށް ނަގާނީ ކިލޯއަކަށް ބައި ރުފިޔާ ކަމަށެވެ.
މީގެ ކުރިން ވެމްކޯއިން އާންމުންނާއި ކުންފުނިތަކާއި ޓެކްސީތަކާއި ޕިކަޕް އަދި ލޮރީތަކަށް ނަގަމުންދިޔައީ ކިލޯއަކަށް 0.75 ލާރި އެވެ.
ނަމަވެސް ހުރިހާ ބާވަތެއްގެ ކުންޏެއް ސަރުކާރުގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުން އުކާލުމަށް ނަގާނީ ކިލޯއަކަށް 2.66ރ. ކަމަށް ވެމްކޯއިން ބުނެ އެވެ.
ވެމްކޯއިން ބުނީ މާލެ ސިޓީގައި ކުނި އުކާލާ ހުރިހާ ފަރާތްތަކުން ގޭޓް ފީއަށް 150ރ. އަށް ދައްކަން ޖެހޭނެ ކަމަށެވެ.
ރޯދަ މަހު މާލެ ސިޓީގައި ކުނީގެ މައްސަލަ ބޮޑުވެގެން ވެމްކޯއިން ވަނީ ހަފްތާއެއް ވަންދެން ގޭގެއިން ހިލޭ ކުނި އުކައިދީފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment