Advertisement

އެމެރިކާއިން ހެއިޓީއަށް އެތެރެކުރާ ހަނޑުލުން ސިއްހަތަށް ގެއްލުންވޭ

24 ފެބުރުވަރީ 2024 - 13:30 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހެއިޓީގައި އެމެރިކާއިން އެތެރެކުރާ ހަނޑޫ ވިއްކަނީ -- ފޮޓޯ: ރޮއިޓާސް


އެމެރިކާއިން ހެއިޓީއަށް އެތެރެކުރާ ހަނޑުލުން ސިއްހަތަށް ގެއްލުންވޭ

24 ފެބުރުވަރީ 2024 - 13:30 0

އެމެރިކާއިން ހެއިޓީއަށް އެތެރެކުރާ ހަނޑުލުގައި ސިއްހަތަށް ގެއްލުންވާ ބާވަތްތައް ހިމެނޭ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އެމެރިކާގެ ޔުނިވާސިޓީ އޮފް މިޗިގަން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި އެމެރިކާއިން ހެއިޓީއަށް ފޮނުވާ ހަނޑުލުގައި ދަގަނޑުގެ ބާވަތްތަކުގެ އިތުރުން ކެޑްމިއަމް އަދި އާސެނިކް ހިމެނެ އެވެ.

މީގެ ސަބަބުން ހެއިޓީގައި ހަނޑޫ ބޭނުންކުރާ ފަރާތްތަކަށް ކެންސަރު ބަލި އަދި ހިތުގެ ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށްވެސް މި ދިރާސާއިން ވަނީ ދައްކާފަ އެވެ.

މިކަމާ ގުޅިގެން މިހާތަނަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި ސްޓޭޓް ޑިޕާޓްމަންޓުން އެއްޗެއް ބުނެފައެއް ނުވެ އެވެ.

ހެއިޓީއަށް ހަނޑޫ އެތެރެކުރާ ގައުމުތަކުގެ ތެރޭގައި އެމެރިކާ، މެކްސިކޯ އަދި ޖަޕާން ހިމެނޭއިރު، ކެރީބިއަން ގައުމުތަކުން ހެއިޓީއަށް ހަނޑޫ އެތެރެ ނުކުރަނީ އަގުބޮޑުކަމުންނެވެ.

ހެއިޓީއަށް އެތެރެކުރާ 90 ޕަސަންޓު ހަނޑުލުގެ ހިއްސާ އޮންނަ އެމެރިކާއިން އެ ގައުމަށް ހަނޑޫ އެތެރެ ކުރާތާ ގިނަ އަހަރުތަކެއް ވަނީ ވެއްޖެ އެވެ.

2020 ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ހެއިޓީގައި ކޮންމެ މީހަކު އަހަރެއްގެ މައްޗަށް 85 ކިލޯ ހަނޑޫ ބޭނުން ކުރާއިރު، އެމެރިކާގައި އަހަރެއްގެ މައްޗަށް ކޮންމެ މީހަކު ބޭނުން ކުރަނީ 12 ކިލޯ ހަނޑުލެވެ.