Advertisement

ސްޕެއިންގެ އިމާރާތްތަކެއްގައި ރޯވެ 10 މީހަކު މަރުވެއްޖެ

24 ފެބުރުވަރީ 2024 - 06:15 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ވެލެންސިއާގެ އިމާރާތެއްގައި ރޯވި އަލިފާންގަނޑު ނިއްވަން މަސައްކަތް ކުރުން -- ފޮޓޯ: ގެޓީ


ސްޕެއިންގެ އިމާރާތްތަކެއްގައި ރޯވެ 10 މީހަކު މަރުވެއްޖެ

24 ފެބުރުވަރީ 2024 - 06:15 0

ސްޕެއިންގެ އަވަށެއް ކަމުގައިވާ ވެލެންސިއާގެ އިމާރާތްތަކެއްގައި ރޯވެ މިހާތަނަށް 10 މީހަކު މަރުވެއްޖެ އެވެ.

ވެލެންސިއާގެ ދެ ރެޒިޑެންޝަލް އިމާރާތެއްގައި ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކުރަމުން ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާއިރު، ޒަހަމްވި މީހުންގެ އަދަދު ވެސް ގިނަ އެވެ. އަދި ބައެއް މީހުން ގެއްލިފައިވެ އެވެ.

ސްޕެއިންގެ ކަމާބެހޭ ފަރާތްތަކުން ބުނީ ހާދިސާއާ ގުޅިގެން މިހާތަނަށް 19 މީހުން ގެއްލިގެން ހޯދަމުން އަންނަ ކަމަށާއި، މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ނަމަވެސް ގެއްލި ހޯދަމުންދާ މީހުންގެ އަދަދު ކަށަވަރު ނުވާ ކަމަށްވެސް ވެލެންސިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ. އަދި އަލިފާންގަނޑު ފަސޭހައިން ފެތުރިގެންދިޔައީ ބިލްޑިން ސްޓްރަކްޗާ ހަދާފައި ހުރި ގޮތުން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.

މި އަލިފާނުގެ ހާދިސާ މެދުވެރިވި ސަބަބެއް މިހާތަނަށް ނޭނގޭއިރު، ކަން ހިނގައިދިޔަ ގޮތް އަންނަނީ ތަހުގީގު ކުރަމުންނެވެ.

ސްޕެއިންގެ ބޮޑުވަޒީރު ވިދާޅުވީ ހާދިސާއާ ގުޅިގެން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ ހުރިހާ އިދާރާތަކަށް އަންގާފައިވާނެ ކަމަށެވެ.