Advertisement

މީޑިއާނެޓުން ދައްކާ ވިމެންސް ޕްރިމިއާ ލީގު މިއަދު ފަށަނީ

23 ފެބުރުވަރީ 2024 - 13:47 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މީޑިއާނެޓުން ދައްކާ ވިމެންސް ޕްރިމިއާ ލީގު މިއަދު ފަށަނީ

23 ފެބުރުވަރީ 2024 - 13:47 0

އަންހެނުންގެ މެދުގައި ކުޅޭ އެންމެ ކުލަގަދަ ކްރިކެޓް މުބާރާތް "ވުމެންސް ޕްރިމިއާ ލީގު" ގެ ދެވަނަ ޑިވިޝަންގެ ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު މަޝްހޫރު ފިލްމީ ތަރި ޝާހުރުކް ހާން ޕާފޯމް ކުރުމަށް ހަމަޖެހިއްޖެ އެވެ.

މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ބެންގަލޫރުގެ ޗިންނަސުވާމީ ސްޓޭޑިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޝާހުރުކްގެ އިތުރުން ކާތިކު އާރިޔާން، ސިދާތު މަލްހޮތުރާ، ވަރުން ދަވާން، ޓައިގާ ޝްރޮފް އަދި ޝާހިދު ކަޕޫރުވެސް ހުށަހެޅުންތަކެއް ފެނިގެންދާނެ ކަމަށް މުބާރާތް އިންތިޒާމު ކުރާ ފާރަތުން ބުނެ އެވެ.

ހުޅުވުމުގެ ރަސްމިއްޔާތު ފަށާނީ ރާއްޖެ ގަޑިން މިއަދު އިރުއޮއްސި 06:00 ޖަހާއިރު އޮންނައިރު، މީޑިއާނެޓްގެ އައިސް ޕްލަސް އަދި އައިސް އެކްސްޓްރާއިން ލައިވްކޮށް ރަސްމިއްޔާތު ދައްކާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މުބާރާތުގެ ފުރަތަމަ 11 މެޗު ބެންގަލޫރުގެ ޗިންނަސްވާމީ ސްޓޭޑިއަމްގައި ކުޅެވޭއިރު، ގްރޫޕް ސްޓޭޖުގެ ފަހު 10 މެޗު އަދި ސެމީ ފައިނަލު ނޮކްއައުޓް މެޗާއި ފައިނަލް މެޗު ކުޅެވިގެންދާނީ ނިއު ދިއްލީގެ އަރުން ޖެއިޓްލީ ސްޓޭޑިއަމްގަ އެވެ.

މި އަހަރުގެ މުބާރާތުގައި ކޮންމެ ދުވަހަކު ކުޅޭނީ އެއް މެޗު ކަމަށްވާއިރު، މެޗުތައް ފަށާނީ ކޮންމެ ދުވަހެއްގައި ރާއްޖެ ގަޑިން 19:00 ގައެވެ.

މީޑިއާނެޓުން ބުނީ، ޓީވީ މެދުވެރިކޮށް މެޗުތައް ފެންނާނީ އައިސް ޕްލަސް (ޗެނަލް 888) އިންނެވެ އަދި އެމް އެސް ޑިޖިޓަލް މެދުވެރިކޮށް މެޗުތައް ފެންނާނީ އައިސް އެކްސްޓްރާ ޗެނަލުން ކަމަށެވެ.

މީޑިއާނެޓުން މި މުބާރާތަށް ހާއްސަ އެމްއެސް ޑިޖިޓަލް ސީޒަން ޕާސްތަކެއް ތައާރަފްކޮށްފައިވާއިރު، އެމް އެސް ޑިޖިޓަލް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެވެސް މި މެޗުތައް ވަގުތުން ބަލާލެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ސީޒަން ޕާސްތަކުގެ ތެރޭގައި ހިމެނެނީ:

އެމް އެސް ސްޓާޓާ - ސީޒަން ޕާސް (ޕެކޭޖު އަގު: 99 ރުފިޔާ)

• ވިމެންސް ޕްރިމިއާ ލީގު އަދި އިންޑިއަން ޕްރިމިއާ ލީގުގެ ހުރިހާ މެޗެއްގެ އިތުރުން އެހެނިހެން މަގްބޫލު ކޮންޓެންޓް ހިމެނޭ 80 އަށްވުރެން ގިނަ ޗެނަލް

އެމް އެސް ކޮމްބޯ - ސީޒަން ޕާސް (ޕެކޭޖު އަގު: 199 ރުފިޔާ)

• ވިމެންސް ޕްރިމިއާ ލީގު އަދި އިންޑިއަން ޕްރިމިއާ ލީގުގެ ހުރިހާ މެޗެއްގެ އިތުރުން އެހެނިހެން މަގްބޫލު ކޮންޓެންޓް ހިމެނޭ 80 އަށްވުރެން ގިނަ ޗެނަލް އަދި ވީޑިއޯ ކްލަބް ކޮންޓެންޓް

ހުޅުވުމުގެ ރަސްމިއްޔާތަށްފަހު މިއަދު ބައްދަލުކުރާ ފުރަތަމަ މެޗުގައި ވާދަކުރާނީ ފާއިތުވި އަހަރުގެ ޗެމްޕިއަނުން މުމްބާއީ އިންޑިއަންސް އަދި ރަނަރަޕް ދިއްލީ ކެޕިޓަލްސްއެވެ. އަދި މާދަމާ ކުޅޭނީ ރޯޔަލް ޗެލެންޖާޒް ބެންގަލޯ އާއި ޔޫ ޕީ ވޮރިއާޒްއާ އެވެ.

މިދިޔަ އަހަރު އަލަށްފެށި މި މުބާރާތަށް ވަނީ ރާއްޖެ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަރަށް ފުރިހަމަ ތަރުހީބެއް ލިބިފައި ކަމަށް މީޑިއާނެޓުން ބުނެ އެވެ.