Advertisement

ތެލުގެ ދަރަނި އަދާކުރަން ލަންކާއިން އިރާނަށް 20 މިލިއަން ޑޮލަރުގެ ސައިފަތް ފޮނުވައިފި

23 ފެބުރުވަރީ 2024 - 06:08 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ލަންކާގައި ސައިފަތް ދަނޑަކުން މީހަކު ސައިފަތް ބިންނަނީ -- ފޮޓޯ: ރޮއިޓާސް


ތެލުގެ ދަރަނި އަދާކުރަން ލަންކާއިން އިރާނަށް 20 މިލިއަން ޑޮލަރުގެ ސައިފަތް ފޮނުވައިފި

23 ފެބުރުވަރީ 2024 - 06:08 0

ތެލުގެ ދަރަނި އަދާ ކުރުމަށް ސްރީ ލަންކާއިން އިރާނަށް 20 މިލިއަން ޑޮލަރުގެ ސައިފަތް ފޮނުވައިފި އެވެ.

އިރާނުން ތެޔޮ އެތެރެ ކޮށްގެން ލަންކާއިން ދައްކަން ޖެހޭ 251 މިލިއަން ޑޮލަރު އޮތްއިރު، އެ ފައިސާ ސައިފަތުން އަދާ ކުރުމަށް ދެ ގައުމުން 2021 ވަނަ އަހަރު އެއްބަސްވި އެވެ. އެގޮތުން މިއީ ދަރަނި އަދާކުރަން ސައިފަތް ފޮނުވި ފުރަތަމަ ފަހަރެވެ.

ލަންކާގެ ބޮޑުވަޒީރު ޑިނޭޝް ގުނަވަރުދަން ވިދާޅުވީ ބާޓާ ޓްރޭޑް އެއްބަސްވުމުގެ ދަށުން 20 މިލިއަން ޑޮލަރުގެ ސައިފަތް އިރާނަށް ފޮނުވިގެން ދިޔުމަކީ ލިބުނު ކުރިއެރުމެއް ކަމަށެވެ.

ސްރީލަންކާއަށް ދިމާވެފައިވާ މާލީ ދަތިކަމުގެ ސަބަބުން އެ ގައުމަށް ފައިސާގެ މުއާމަލާތް ކުރުމަށް ހުރަސްތަކެއް ދިމާވެފައިވާއިރު، މި އެއްބަސްވުމާއެކު ހިތްހަމަޖެހުން ލިބިފައިވާ ކަމަށް ލަންކާގެ ފޮރިން މިނިސްޓަރު ހުސެއިން އާމިރު ވަނީ ވިދާޅުވެފަ އެވެ.

އިރާނަށް ލަންކާއިން ދައްކަން ޖެހޭ ދަރަނި އަދާ ކުރުމަށް 2021 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން ސައިފަތް ނުފޮނުވި ލަސްވެގެންދިޔައީ ގައުމަށް ދިމާވެފައިވާ އިގްތިސާދީ ދަތިކަމާ ގުޅިގެންނެވެ.

އިރާނުގައި ބޭނުންކުރާ ސައިފަތުގެ ތެރެއިން 50 ޕަސަންޓް ސައިފަތަކީ ލަންކާއިން އެތެރެކުރާ ސައިފަތެވެ.

ލަންކާގެ ބޭރު ފައިސާގެ ރިޒާވް ބޮޑުތަނުން ދަށްވެފައިވާއިރު، އެ ގައުމުން އާއްމު ގޮތެއްގައި ދަރަންޏަށް ތެޔޮ ހޯދަނީ އެކުވެރި ގައުމުތަކުންނެވެ.