Advertisement

ރޯދަ މަހު ބީއެމްއެލްއިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި

22 ފެބުރުވަރީ 2024 - 23:02 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބޭންކް އޮފް މޯލްޑިވްސް -- ފޮޓޯ: ހުސެއިން ޝަޔާހް / އަދަދު


ރޯދަ މަހު ބީއެމްއެލްއިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި

22 ފެބުރުވަރީ 2024 - 23:02 0

ރޯދަ މަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި އެވެ.

ބީއެމްއެލްއިން ބުނީ ރޯދަ މަހު ފުރަތަމަ ހަތް ދުވަހު އެ ބޭންކުގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނީ ހެނދުނު 09:30 އިން ފެށިގެން މެންދުރު 12:00 އަށް ކަމަށެވެ.

ރޯދަ ފަހު ދިހައެއްގައި ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އަށް ބޭންކު ހުޅުވައި ހިދުމަތް ދިނުމަށް ވަނީ ނިންމާފައި ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.

އޭގެ އިތުރުން ބީއެމްއެލް އިން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ބޭންކިންގް ސެންޓަރުތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.

"މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގް ހިދުމަތްތައްވެސް މި ރޯދަ މަހު ކަސްޓަމަރުންނަށް ލިބޭނެ،" ބީއެމްއެލް އިން ބުނެ އެވެ.

ކަސްޓަމަރުންނަށް ބޭންކުގެ ކޮންޓެކްޓް ސެންޓާ މެދުވެރިކޮށް ނުވަތަ އާޔާ، ފޭސްބުކް މެސެންޖާއިން ލައިވް އޭޖަންޓަކާ ވާހަކަ ދައްކައިގެން ހިދުމަތް ހޯދޭނެ ކަމަށާއި، ބީއެމްއެލް މޯބައިލް އެޕް، ވަޓްސްއެޕް، ވައިބާގެ އިތުރުން ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް ވެސް ކަސްޓަމަރުންނަށް ބޭންކުގެ ހިދުމަތް ހޯދޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ބީއެމްއެލް އިން ވަނީ ރޯދަ މަހު އެ ބޭންކުގެ އިންޓާނެޓް ބޭންކިންގް އަދި މޮބައިލް އެޕް މެދުވެރިކޮށް ބޭންކިންގް ހިދުމަތްތައް ހޯދުމަށް އެދިފަ އެވެ.