Advertisement

ތޮއްޑޫގައި ރަޝިޔާ މީހަކަށް ހަމަލާދީ ޒަހަމުކޮށްލައިފި

21 ފެބުރުވަރީ 2024 - 10:53 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ތޮއްޑޫގައި ފަތުރުވެރިންގެ ބަޔަކު ބައިސްކަލު ދުއްވަނީ -- ފޮޓޯ: މިރާން ނާޝިމް / އަދަދު


ތޮއްޑޫގައި ރަޝިޔާ މީހަކަށް ހަމަލާދީ ޒަހަމުކޮށްލައިފި

21 ފެބުރުވަރީ 2024 - 10:53 0

ތޮއްޑޫގައި ބަޔަކު ރަޝިޔާ މީހަކަށް ހަމަލާދީ ޒަހަމުކޮށްލައިފި އެވެ.

ފުލުހުން ބުނީ މާރާމާރީ ހިންގާފައި ވަނީ އެރަށުގައި ހިންގަމުން އަންނަ ތޮއްޑޫ ޑައިވް ވިލާ ސެންޓަރުގައި ކަމަށާއި ޒަހަމުވެފައި ވަނީ އެތަނުގައި މަސައްކަތް ކުރާ 42 އަހަރުގެ މީހަކަށް ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ އިއްޔެ އިރުއޮއްސި 6:30 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މާރާމާރީގައި ޒަހަމުވި ބިދޭސީ މީހާއަށް ތޮއްޑޫ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލައިފަ އެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ފުޅާދާއިރާ އެއްގައި ދަނޑުވެެރިކަން ކުރާ 172.6 ހެކްޓަރުގެ ތޮއްޑޫ އަކީ ލޯކަލް ޓޫރިޒަމް އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ރަށެވެ. "ފްރުޓް އައިލެންޑް" ގެ ގޮތުގައި ގިނަ ޓޫރިސްޓުން ފާހަގަ ކުރާ ތޮއްޑޫގައި 58 ގެސްޓް ހައުސް ހިންގަމުން އަންނައިރު، އިތުރު ތިރީހަކަށް ގެސްޓު ހައުސް އަންނަނީ ހަދަމުންނެވެ.