Advertisement

"ޓޭކް އޮފް 2024" ގެ ނަމުގައި އެމްއޭސީއެލްއިން ފޯރަމެއް ފަށައިފި

21 ފެބުރުވަރީ 2024 - 14:12 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްއޭސީއެލްއިން ބާއްވާ "ޓޭކް އޮފް 2024" ގެ ތެރެއިން -- ފޮޓޯ؛ އެމްއޭސީއެލް


"ޓޭކް އޮފް 2024" ގެ ނަމުގައި އެމްއޭސީއެލްއިން ފޯރަމެއް ފަށައިފި

21 ފެބުރުވަރީ 2024 - 14:12 0

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން "ޓޭކް އޮފް 2024" ގެ ނަމުގައި ފޯރަމެއް އިއްޔެ ފަށައިފި އެވެ.

އެމްއޭސީއެލް އިން ބުނީ، ކްރޮސްރޯޑްސްގައި ދެ ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ފޯރަމްގެ މައިގަނޑު މަގުސަދަކީ އެމްއޭސީއެލްގެ އެކިއެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތް އެއް މިސްރާބަކަށް ގެންދިއުމާއި މި އަހަރަށް ކަޑައަޅާފައިވާ ލަޑުދަނޑިތައް ހިއްސާކޮށް އެކަންކަން ހާސިލުކުރުމަށް އެކުގައި މަސައްކަތް ކުރުން ކަމަށެވެ.

އެ ފޯރަމްގައި އެމްއޭސީއެލްގެ އެމްޑީ އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދުގެ އިތުރުން ޑެޕިއުޓީ އެމްޑީ އަދި ކުންފުނީގެ ޑިޕާޓްމަންޓްތަކުގެ އިތުރުން ސެކްޝަންތަކުގެ އިސްވެރިން ވަނީ ބައިވެރިވެފަ އެވެ.

އެމްއޭސީއެލްއިން ބާއްވާ "ޓޭކް އޮފް 2024" ގެ ތެރެއިން -- ފޮޓޯ؛ އެމްއޭސީއެލް


ފޯރަމްގައި ވާހަކަ ދައްކަވަމުން އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ ދާއިރާއަކީ ވަރަށް އަވަހަށް ބަދަލުތައް އަންނަ ދާއިރާއެއް ކަމަށާއި އެމްއޭސީއެލްގެ އިސްވެރިން އެ ބަދަލުތަކަށް އަހުލުވެރިވެ ތިބުން މުހިންމު ކަމަށެވެ.

"ހަމައެކަނި ކުރުމުއްދަތުގެ ކަންކަމަށް ފޯކަސްކޮށްގެން ކުރިޔަށް ދިޔުމަކީ މުސްތަގުބަލު އަޅުގަނޑުމެން އަތުން ގެއްލިގެން ހިނގައިދާނެ ކަމެއް. އަޅުގަނޑުމެންނަކީ ވަރަށް ޑައިނަމިކް، މާކެޓަށް އަންނަ ބަދަލުތަކަށް ވަގުތުން ރެސްޕޮންސް ދޭން އެނގޭ ބަޔަކަށް ވާންޖެހޭނެ. ވަރަށް ގިނަ ފަހަރު ކުންފުނިތައް ފެއިލްވަނީ ދުރުވިސްނުން ނެތުމުގެ ސަބަބުން،" ޝަރީފް ވިދާޅުވި އެވެ.

އެ ފޯރަމަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، އަހަރުގެ މަސައްކަތްތައް އެކުލަވާލުމަށް، އެމްއޭސީއެލް އިން ބޭއްވި އެފަދަ ފުރަތަމަ ފޯރަމް ކަމަށްވާއިރު، އޭގެ އިތުރު ފޯރަމެއް މި އަހަރު ބާއްވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.