Advertisement

ހުޅުލެ އެއާޕޯޓުން އެއްކޮށް ކަރަންޓު ކެނޑި، ހިދުމަތްތަކަށް ބުރޫ އަރައިފި

19 އޭޕްރީލް 2024 - 10:21 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެއާޕޯޓުން ކަރަންޓު ގޮސް ޗެކިންގެ ހިދުމަތް މެދުކެނޑުމުން ޑިޕާޗާ ގޭޓު ކައިރި އެއްކޮށް ތޮއްޖެހިފައި -- ފޮޓޯ: އަދަދު


ހުޅުލެ އެއާޕޯޓުން އެއްކޮށް ކަރަންޓު ކެނޑި، ހިދުމަތްތަކަށް ބުރޫ އަރައިފި

19 އޭޕްރީލް 2024 - 10:21 2

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަރަންޓު ގޮސް މުޅި އެއާޕޯޓުގެ ހިދުމަތްތަކަށް ބުރޫ އަރައިފި އެވެ.

އެއާޕޯޓުން ކަރަންޓު ކެނޑުނީ ހެނދުނު 08:30 ހާއިރު ކަމަށް "އަދަދު" ނޫހަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ މެނޭޖަރު ޝަމްއާން ޝާކިރު ވިދާޅުވި އެވެ.

އެއަށްފަހު, ބެކަޕް ޖެނެރޭޓަރުތައް ބޭނުންކޮށްގެން ޓާމިނަލްގެ އޮޕަރޭޝަންތައް ކުރިއަށްގެންދިޔަ ނަމަވެސް މީގެ ކުޑަ ވަގުތުކޮޅެއް ކުރިން ބެކަޕް ވެސް ފެއިލްވެ އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބުރޫ އަރާފައިވާ ކަމަށް ޝަމްއާން މައުލޫމާތު ދެއްވި އެވެ.

އެއާޕޯޓުގެ ކަމާ ގުޅުންހުރި ޓެކްނިކަލް ޑިޕާޓްމަންޓުތަކުން ގެންދަނީ އެއާޕޯޓަށް ވީހާވެސް އަވަހަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން ކަމަށް "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.

ކަރަންޓު ކެނޑި ޗެކިންގެ ހިދުމަތް ހުއްޓުމާ ގުޅިގެން ފުރަންދިޔަ މީހުންނަށް ވަނީ ޓާމިނަލަށް ވަދެވޭ ގޮތް ވެސް ނުވެފަ އެވެ. މީހުން ގިނަވެ ޑިޕާޗާ ގޭޓުގެ ދޮރުމަތި ވެސް މިހާރު ވަނީ ތޮއްޖެހިފަ އެވެ.

އެއާޕޯޓުން ކަރަންޓު ކެނޑުނު ސަބަބެއް އަދި ނޭނގެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކަރަންޓު ދެނީ އެމްއޭސީއެލުންނެވެ.

އަޕްޑޭޓް: ކަރަންޓުގެ މައްސަލަ ހައްލުކޮށް އެއާޕޯޓުގެ އޮޕަރޭޝަންތައް ފަށާފައިވާ ކަމަށް 11:45 ގައި އެމްއޭސީއެލްއިން ވަނީ ބުނެފަ އެވެ.