Advertisement

އެއާޕޯޓުގެ މަގުތައް މަރާމާތުކޮށް، ބެލެހެއްޓުން އާރްޑީސީއާ ހަވާލުކޮށްފި

18 މާރިޗު 2024 - 10:45 0

އެއްބަސްވުމުގައި ސޮއި ކުރުމުގެ ހަފުލާގެ ތެރެއިން: އެއްބަސްވުމުގެ ދަށުން މަގާމުތައް ގަވާއިދުން ބަލަހައްޓާނެ -- ފޮޓޯ: އެމްއޭސީއެލް


އެއާޕޯޓުގެ މަގުތައް މަރާމާތުކޮށް، ބެލެހެއްޓުން އާރްޑީސީއާ ހަވާލުކޮށްފި

18 މާރިޗު 2024 - 10:45 0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ހުޅެލޭގެ މަގުތައް މަރާމާތުކޮށް، ބެލެހެއްޓުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާ އިއްޔެ ހަވާލުކޮށްފި އެވެ.

އާރްޑީސީން ބުނީ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމުގެ އިތުރުން އެއާޕޯޓުގެ މުހިންމު ތަންތަން ބެލެހެއްޓުން ވެސް އާރްޑީސީއަށް ހަވާލުކޮށްފައިވާ ކަމަށެވެ.

"ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމާއި އަދި އެއާޕޯޓްގައި ބިނާރާއި ގުޅުންހުރި މަސައްކަތްތައް ކުރުމާއި ބެލެހެއްޓުމުގެ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އެއްގައި މޯލްޑިވެސް އެއާޕޯޓްސް ކޮމްޕެނީ އާއި މި ކޯޕަރޭޝަން އާއި ދެމެދު މިއަދުވަނީ ސޮއިކުރެވިފައި،" އާރްޑީސީން ބުނެފައިވެ އެވެ.

ވެލާނާ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއިން ބުނީ އެއްބަސްވުމުގެ ދަށުން ގަވާއިދުން މަގުތައް ބެލެހެއްޓުމާއި މަރާމާތު ކުރުމާއި ފެން ހެދޭ މަގުތައް ރަނގަޅަށް ހެދުން ވެސް ހިމެނޭނެ ކަމަށެވެ.

އެ އެއްބަސްވުމުގައި އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖަރު އަލީ ޒުހައިރެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދެވެ.