Advertisement

ހަތަރު ކިލޯގެ މަސްތުވާތަކެތި ބޭރު ކުރަން އުޅުނު އެއާޕޯޓުގެ ދެ މުވައްޒަފަކާއެކު ހަތަރު މީހުން އަތުލައިގަނެފި

7 އޭޕްރީލް 2024 - 00:15 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ވެލާނާ އެއާޕޯޓު:


ހަތަރު ކިލޯގެ މަސްތުވާތަކެތި ބޭރު ކުރަން އުޅުނު އެއާޕޯޓުގެ ދެ މުވައްޒަފަކާއެކު ހަތަރު މީހުން އަތުލައިގަނެފި

7 އޭޕްރީލް 2024 - 00:15 0

ގާތްގަނޑަކަށް ފަސް ކިލޯގެ މަސްތުވާތަކެތި ރާއްޖެ ގެނެސް އެ ތަކެތި އެއާޕޯޓުން ބޭރު ކުރަން އުޅުނު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ދެ މުވައްޒަފަކާއެކު ހަތަރު މީހަކު އަތުލައިގަނެފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މަސްތުވާތަކެތި ފެނުނީ އުސޫލުން ބޭރުން މާޗް 15، ގައި ބޭރު ކުރަން އުޅުނު ލަގެޖެއްގައި ކަމަށެވެ. މެތާއި ހެރޮއިން ހިމެނޭ ގޮތަށް ޖުމުލަ 4.5 ކިލޯގެ މަސްތުވާތަކެތި އެ ފޮށީގައި ހުރި ކަމަށް ފުލުހުން ބުނެ އެވެ.

އެމްއޭސީއެލްގެ ދެ މުވައްޒަފުންގެ އިތުރުން އެ މައްސަލައިގައި ހައްޔަރު ކުރީ ޕާކިސްތާނުގެ މީހަކާއި ފޮއްޓާ ހަވާލުވާން އައި މީހެއް ކަމަށް ފުލުހުން ބުނެ އެވެ.

ނަމަވެސް އެމީހުންނަށް ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން އެކަމުގައި ހިމެނޭ އެންމެ އިސް މީހާ ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ އެމްއޭސީއެލްގެ ސީނިއާ މުވައްޒަފެއް ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި އެމްއޭސީއެލްގެ "ގިނަ މުވައްޒަފުންތަކެއް" ހިމެނޭ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެކަންކަން މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.