Advertisement

ޕާކިސްތާނުގައި ކޯލިޝަން ސަރުކާރެއް އެކުލަވައިލަން ރަސްމީކޮށް އެއްބަސްވެއްޖެ

21 ފެބުރުވަރީ 2024 - 14:05 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޕާކިސްތާނުގެ ޕީއެމްއެލްއެން އާއި ޕީޕީޕީ ޕާޓީން ބައްދަލުކުރަނީ -- ފޮޓޯ: ޕީޕީޕީ


ޕާކިސްތާނުގައި ކޯލިޝަން ސަރުކާރެއް އެކުލަވައިލަން ރަސްމީކޮށް އެއްބަސްވެއްޖެ

21 ފެބުރުވަރީ 2024 - 14:05 0

ޕާކިސްތާނުގައި ކޯލިޝަން ސަރުކާރެއް އެކުލަވައިލަން ޕީއެމްއެލް-އެން އާއި ޕީޕީޕީ އިން ރަސްމީކޮށް ނިންމައިފި އެވެ.

ޕާކިސްތާނުގެ އާންމު އިންތިހާބުގައި ސަރުކާރެއް އުފެއްދޭ މިންވަރަށް އެއްވެސް ޕާޓީއަކަށް މެޖޯރިޓީ ލިބިފައި ނުވާއިރު، ފެބްްރުއަރީ 8، ގައި ބޭއްވި އިންތިހާބުގެ ނަތީޖާއަށްފަހު ޕާޓީތަކުން ދިޔައީ ކޯލިޝަނެއް ހަދައިގެން ސަރުކާރެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

ޕާކިސްތާނުގައި ސަރުކާރެއް އެކުލަވައިލުމަށް ޓަކައި 266 މެމްބަރުން ހިމެނޭ ގާނޫނު ހަދާ މަޖިލީހުގެ 133 ގޮނޑި ޕާޓީއަކަށް ލިބެންޖެހެ އެވެ.

އިންތިހާބުގައި ޕީއެމްއެލް-އެން 75 ގޮނޑި އަދި ޕީޕީޕީ އަށް 54 ގޮނޑި ކާމިޔާބު ކޮށްފައިވާއިރު، 93 ގޮނޑިއާއެކު އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ އިމްރާން ހާން ތާއީދު ކުރެއްވި އަމިއްލަ ކެންޑިޑޭޓުންނެވެ.

ޕީއެމްއެލްއެންގެ ރައީސް އަދި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް އަންގާރަ ދުވަހު ވިދާޅުވީ، އައު ސަރުކާރެއް އުފެއްދުމަށް ބޭނުންވާ ގޮނޑި ޕީއެމްއެލްއެން އާއި ޕީޕީޕީއަށް މިހާރު ހަމަކުރެވިފައިވާ ކަމަށެވެ.

ޕީއެމްއެލް-އެން އާއި ޕީޕީޕީ އިން އުފައްދާ ސަރުކާރުގެ ބޮޑުވަޒީރަކަށް ގެންނަން ނިންމާފައި ވަނީ ޝެހެބާޒް ޝަރީފް ކަމަށް ވަނީ ނިންމާފަ އެވެ. އަދި ރައީސްއަކަށް ގެންނަން ނިންމާފައި ވަނީ އާސިފް އަލީ ޒަރްދާރީ އެވެ.

މިފަހަރު އާ ސަރުކާރެއް އެކުލަވާލުމަށް ޕީއެމްއެލް-އެން އާއި ޕީޕީޕީ ކޯލިޝަން ހަދާއިރު، އިމްރާން ވެރިކަމުން ދުރުކުރުމަށްޓަކައި 2022 ވަނަ އަހަރު ވެސް އެ ދެ ޕާޓީން ކޯލިޝަން ހެދި އެވެ.

ޕާކިސްތާނުގެ އިންތިހާބުގައި މަކަރު ހަދާފައިވާ ކަމަށް އެންގެ ގިނައިން ގޮނޑި ކާމިޔާބުކުރި އިމްރާން އިމްރާން ހާންގެ ޕީޓީއައި އިން ބުނަމުން އަންނައިރު، އިންތިހާބުގައި ހިނގައިދިޔަ ކަންކަމާ ގުޅިގެން ބޭރުގެ ގައުމުތަކާއި ޖަމިއްޔާތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޕާކިސްތާނުގެ އިންތިހާބުގެ ނަތީޖާ ގަބޫލުނުކޮށް އިންތިހާބުގައި ވޯޓުލީ ގިނަ އަދަދެއްގެ ބަޔަކު އަންނަނީ އިހުތިޖާޖުވެސް ކުރަމުންނެވެ.