Advertisement

ބާ ޖަމާލުއްދީން ބިމުން ޖަމާލުއްދީން ސްކޫލަށް 3،600 އަކަފޫޓު އިތުރު ކޮށްފި

20 ފެބުރުވަރީ 2024 - 15:21 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ޖަމާލުއްދީން ސްކޫލް -- ފޮޓޯ: ރައީސް އޮފީސް


ބާ ޖަމާލުއްދީން ބިމުން ޖަމާލުއްދީން ސްކޫލަށް 3،600 އަކަފޫޓު އިތުރު ކޮށްފި

20 ފެބުރުވަރީ 2024 - 15:21 0

ބައު ޖަމާލުއްދީން ބިމުގައި އަޅަން ނިންމާފައިވާ ޖަމާލުއްދީން ސުކޫލުގެ އެނެކްސް އިމާރާތަށް 3,260 އަކަފޫޓުގެ ބިން އިތުރުކޮށްދީފި އެވެ.

ޖަމާލުއްދީން ސްކޫލަށް ޖާގަ އިތުރުކުރުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14 ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރައީސް އޮފީހުގެ ހަފްތާ 14 ވެބްސައިޓުން ދައްކާގޮތުން ޖަމާލުއްދީން ސްކޫލަށް ބައު ޖަމާލުއްދީން ސްކޫލުން ކަނޑައަޅާފައިވާ ޖާގައަށް 3,258.95 އަކަފޫޓުގެ ބިން އިތުރުކޮށްދިނުމަށް ވަނީ ނިންމާފަ އެވެ.

އަރަބިއްޔާ ސުކޫލުގެ އާ އިމާރާތާއި ޖަމާލުއްދީން ސުކޫލުގެ އެނެކްސް އިމާރާތުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑްގެ އުސޫލުން 168 މިލިއަން ރުފިޔާއަށް އަމީން ކޮންސްޓްރަކްޝަން އާ ހަވާލުކުރީ ސެޕްޓެމްބަރު 29، 2022 ގަ އެވެ. އެހެން ނަމަވެސް މި ސަރުކާރުން ވަނީ ކުރީގެ ކުނިކޮށި ހުރި ބިމުގައި އަޅަން ނިންމައިފަ އެވެ.

އެ މަޝްރޫއުގެ ދަށުން އަޅާ އަރަބިއްޔާ ސްކޫލުގައި 40 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް އިމާރާތް ކުރުމަށް ވަނީ ހަމަޖެހުނެވެ. ޖަމާލުއްދީން ސުކޫލުގެ އާ އިމާރާތުގައި އަޅަން ކަނޑައެޅީ 34 ކްލާސްރޫމެވެ.