Advertisement

ހުލާސާކޮށް އިއްޔެ: ރިޔާސީ ބަޔާނަށް އެމްޑީޕީގެ ރައްދު

20 ފެބުރުވަރީ 2024 - 07:02 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން, ރިޔާސީ ބަޔާނަށް ރައްދު ބަޔާން ދެއްވަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ


ހުލާސާކޮށް އިއްޔެ: ރިޔާސީ ބަޔާނަށް އެމްޑީޕީގެ ރައްދު

20 ފެބުރުވަރީ 2024 - 07:02 0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަަމަ ރިޔާސީ ބަޔާނުގައި މުހިއްމު ގިނަ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައި ނުވާ ކަމަށާއި އެެއީ "އޮޅުވައިލުންތައް ގިނަ ބަޔާނެއް" ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން އިއްޔެ ބުންޏެވެ.

ރިޔާސީ ބަޔާނަށް ޖަވާބު ދިނުމަކީ މަޖިލީހުގައި ތަމްސީލުކުރާ ޕާޓީތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިނުގަންނަވާ ޕާޓީއަކުން ކަމަށް ވާތީ ރިޔާސީ ބަޔާނަށް ޖަވާބު ދެއްވީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވަން ފެބްރުއަރީ 5، ގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަން ފަށްޓަވަމުން މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ރައީސް އިއްވަވާ ރިޔާސީ ބަޔާން ވާން ޖެހޭނީ ގައުމަށް ކުރިމަތިވެފައިވާ ކަންކަމުގެ ހަގީގަތް އެއްވެސް ފޮރުވުމެއް ނެތި މަޖިލީހަށް އިއްވަވާ ބަޔާނަކަށް ކަމަށެވެ.

"އެހެން ނަމަވެސް ހިތާމަޔާ ކަންބޮޑުވުމާ އެކު ދަންނަވާނީ ރައީސުލްޖުމްހޫރިއްޔާ ދާދި ފަހުން އިއްވެވި ރިޔާސީ ބަޔާނުގައި ގައުމުގެ ހާލަތު ތެދުވެރިކަމާ އެކު ބަޔާންކޮށްފައި ނުވާކަން، ގައުމުގެ ހާލަތު ރައްޔިތުންނަށް އޮޅުވައިލައްވާފައިވާކަން، އަދި ގައުމަށް ކުރިމަތިވެފައިވާ މުހިއްމު ކަންކަމަށް އެއްވެސް މިންވަރަކަށް އަލިއަަޅުއްވައިލައްވާފައި ނުވާކަން،" ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއީ މެމްބަރުން ހިތާމަކުރައްވާ ކަމެއް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެެ.

"އިގުތިސާދީ ހާލަތާ ބެހޭ ގޮތުން އިތުރުފުޅު ހެއްދެވި"

ރިޔާސީ ބަޔާނަށް އެމްޑީޕީ އާއި އިދިކޮޅު އެހެން ޕާޓީތަކުން ދިން ޖަވާބުގައި ތުހުމަތުކުރި ގޮތުގައި ރާއްޖޭގެ އިގުތިސާދީ ހާލަތާ ގުޅޭ ގޮތުން ރައީސް އިތުރުފުޅު ހެއްދެވި އެވެ. އިގުތިސާދީ ހާލަތާ ބެހޭ ގޮތުން ދެއްކެވި މުޅި ވާހަކަފުޅު ބިނާކުރެއްވީ އޮޅުވައިލުމާއި ދޮގު މައުލޫމާތަށް ކަމަށް ރަޝީދު ތުހުމަތުކުރެއްވި އެވެ.

"މި ސަރުކާރު ވެރިކަމަށް އައީ ވެސް ރައްޔިތުންނަށް މަކަރާއި އޮޅުވައިލުުންތައް އޮޅުވައިލަމުން،" އޭނާ ވިދާޅުވި އެވެ.

އިގުތިސާދީ ހާލަތާ ބެހޭ ގޮތުން ރައީސް އޮޅުވައިލެއްވި އެއް އޮޅުވައިލުމަކީ ރަޝީދު ވިދާޅުވި ގޮތުގައި 2020 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާ ހަމައަށް ދެމިގެން އައި އިގުތިސާދީ މައްސަލަތަކުގެ އަސްލަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ކުރިމަތިވި ކަންތައްތައް ކަމަށް ވާ އިރު އެ ވާހަކަ ނުދައްކަވައި ދޫކޮށްލެއްވުމެވެ.

އިގުތިސާދު ހީނަރުވާން ދިމާވި އެ ކާރިސާތަކުގެ ވާހަކަ ނުދައްކަވައި ހަމަ އެކަނި ހީނަރުކަމުގެ ވާހަކަ ދެއްކެވީ "ސީޔާސީ ބޯޅަޖައްސަވަން" ކަމަށް އޭނާާ ވިދާޅުވި އެވެ.

"އެހެންނަމަވެސް ކޮވިޑްގެ ދަތިކަން އެއީ ނެތް އެއްޗަކަށް ހައްދަވައި ގައުމަށް މި ދިމާވެފައިވާ ނާޒުކު ހާލަތުގެ ވާހަކަ ރައީސުލްޖުމްހޫރިއްޔާ ތިލަކޮށްލެއްވީ ސިޔާސީ ބޯޅަ ޖެއްސެވުމުގެ ނިޔަތުގައި،" ރަޝީދު ވިދާޅުވި އެވެ.

މުހިއްމު ބައެއް ހަބަރު