Advertisement

މީޑިއާނެޓު ކްރިކެޓް އީދު: ވިމެންސް ޕްރިމިއާ ލީގާއެކު ފަށަނީ

20 ފެބުރުވަރީ 2024 - 06:18 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މީޑިއާނެޓު ކްރިކެޓް އީދު: ވިމެންސް ޕްރިމިއާ ލީގާއެކު ފަށަނީ

20 ފެބުރުވަރީ 2024 - 06:18 0

އަންހެނުންގެ މެދުގައި ކުޅެވޭ އެންމެ ކުލަގަދަ ކްރިކެޓް މުބާރާތް "ވުމެންސް ޕްރިމިއާ ލީގު" ގެ ދެވަނަ ޑިވިޝަން ހުކުރު ދުވަހު ފަށާއިރު، ފޯރިގަދަ ހުރިހާ މެޗެއް މީޑިއާނެޓު މެދުވެރިކޮށް ވަގުތުން ބެލޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މި އަހަރުގެ މުބާރާތް ކުޅުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ބެންގަލޫރު އަދި ނިއު ދިއްލީގަ އެވެ.

މުބާރާތުގެ ފުރަތަމަ 11 މެޗު ބެންގަލޫރުގެ ޗިންނަސްވާމީ ސްޓޭޑިއަމްގައި ކުޅެވޭއިރު، ގްރޫޕް ސްޓޭޖުގެ ފަހު 10 މެޗު އަދި ސެމީ ފައިނަލު ނޮކްއައުޓް މެޗާއި ފައިނަލް މެޗު ކުޅެވިގެންދާނީ ނިއު ދިއްލީގެ އަރުން ޖެއިޓްލީ ސްޓޭޑިއަމްގަ އެވެ.

މި އަހަރުގެ މުބާރާތުގައި ކޮންމެ ދުވަހަކު ކުޅޭނީ އެއް މެޗު ކަމަށްވާއިރު، މެޗުތައް ފަށާނީ ކޮންމެ ދުވަހެއްގައި ރާއްޖެ ގަޑިން 19:00 ގައެވެ.

މީޑިއާނެޓުން ބުނީ، ޓީވީ މެދުވެރިކޮށް މެޗުތައް ފެންނާނީ އައިސް ޕްލަސް (ޗެނަލް 888) އިންނެވެ އަދި އެމް އެސް ޑިޖިޓަލް މެދުވެރިކޮށް މެޗުތައް ފެންނާނީ އައިސް އެކްސްޓްރާ ޗެނަލުން ކަމަށެވެ.

މި އަހަރުގެ މުބާރާތުގައި ވާދަކުރާ 5 ޓީމު:

• ދިއްލީ ކެޕިޓަލްސް

• ގުޖުރާތު ޖަޔަންޓްސް

• މުމްބާއީ އިންޑިއަންސް

• ރޯޔަލް ޗެލެންޖާރޒް ބެންގަލޯ

• ޔޫ ޕީ ވޮރިއާރޒް

މިދިޔަ އަހަރު ކުޅުނު ޓީ20 އަންހެނުންގެ ވޯލްކަޕުގައި ވިދާލި ގިނަ ކުޅުންތެރިންތަކެއް މި އަހަރުގެ މުބާރާތުގައި ފެނިގެންދާއިރު، އޭގެ ތެރޭގައި އިންޑިއާގެ ތަރި ސްމްރިތީ މަންދަނާ، މިދިޔަ އަހަރު ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާ އޭޝްލީ ގާޑްނާ، ހުނަރުވެރި ބެޓްސްމަން ލައުރާ ވޮލްވާޑްޓް އަދި މޮޅު އުކުންތެރިޔާ ސޯފީ އެކްލެސްޓަން ފާހަގަކޮށްލެވެ އެވެ.

މި މުބާރާތުގެ އިތުރުން މާޗް މަހު ފެށުމަށް ހަމަޖެހިފައިވާ ދުނިޔޭގެ އެންމެ މަގުބޫލު ކްރިކެޓް މުބާރާތް އިންޑިއަން ޕްރިމިއާ ލީގުގެ މެޗުތައްވެސް މީޑިއާނެޓު މެދުވެރިކޮށް ވަގުތުން ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިއާއެކު، މީޑިއާނެޓުން ވަނީ މި ދެ މުބާރާތަށް ހާއްސަ އެމްއެސް ޑިޖިޓަލް ސީޒަން ޕާސްތަކެއް ތައާރަފްކޮށްފައި ކަމަށާއި، އެމް އެސް ޑިޖިޓަލް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެވެސް މި މެޗުތައް ވަގުތުން ބަލާލެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ސީޒަން ޕާސްތަކުގެ ތެރޭގައި ހިމެނެނީ:

އެމް އެސް ސްޓާޓާ - ސީޒަން ޕާސް (ޕެކޭޖު އަގު: 99 ރުފިޔާ)

  • ވިމެންސް ޕްރިމިއާ ލީގު އަދި އިންޑިއަން ޕްރިމިއާ ލީގުގެ ހުރިހާ މެޗެއްގެ އިތުރުން އެހެނިހެން މަގްބޫލު ކޮންޓެންޓް ހިމެނޭ 80 އަށްވުރެން ގިނަ ޗެނަލް

އެމް އެސް ކޮމްބޯ - ސީޒަން ޕާސް (ޕެކޭޖު އަގު: 199 ރުފިޔާ)

  • ވިމެންސް ޕްރިމިއާ ލީގު އަދި އިންޑިއަން ޕްރިމިއާ ލީގުގެ ހުރިހާ މެޗެއްގެ އިތުރުން އެހެނިހެން މަގްބޫލު ކޮންޓެންޓް ހިމެނޭ 80 އަށްވުރެން ގިނަ ޗެނަލް އަދި ވީޑިއޯ ކްލަބް ކޮންޓެންޓް

ކުލަގަދަ ރަސްމިއްޔާތަކަށްފަހު މުބާރާތުގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހު ބައްދަލުކުރާނީ ފާއިތުވި އަހަރުގެ ޗެމްޕިއަނުން މުމްބާއީ އިންޑިއަންސް އަދި ރަނަރަޕް ދިއްލީ ކެޕިޓަލްސްއެވެ.

ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ރޯޔަލް ޗެލެންޖާޒް ބެންގަލޯ ވާދަކުރާނީ ޔޫ ޕީ ވޮރިއާޒްއާއެވެ.

މިދިޔަ އަހަރު އަލަށްފެށި މި މުބާރާތަށް ވަނީ ރާއްޖެ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަރަށް ފުރިހަމަ ތަރުހީބެއް ލިބިފައިވާ ކަމަށް މީޑިއާނެޓުން ބުނެ އެވެ.