Advertisement

ޅޮހީ ވަލު ތެރޭގައި ވެއްޓިފައި އޮތް އަންހެނަކު މާލެ ގެނެސް ފަރުވާދެނިކޮށް މަރުވެއްޖެ

18 ފެބުރުވަރީ 2024 - 18:33 0

ނިމާ ހަސަން

ނިމާ ހަސަން

ނ. ޅޮހި; އެރަށު ވަލުތެރޭ ވެއްޓިފައި އޮތް އަންހެނަކު މާލެ ގެނެސް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ


ޅޮހީ ވަލު ތެރޭގައި ވެއްޓިފައި އޮތް އަންހެނަކު މާލެ ގެނެސް ފަރުވާދެނިކޮށް މަރުވެއްޖެ

18 ފެބުރުވަރީ 2024 - 18:33 0

ނ. ޅޮހީ ވަލުތެރެއަށް ވެއްޓިފައި އޮތް އަންހެނަކު, މާލެ ގެނެސް ފަރުވާ ދެނިކޮށް މަރުވެއްޖެ އެވެ.

ޅޮހިން މައުލޫމާތު ލިބުނު ގޮތުގައި, މިދިޔަ ހުކުރު ދުވަހު އެރަށު ވަލު ތެރެއިން އަންހެނަކު ފެނިފައި ވަނީ ފިޓު ޖެހިގެން ވެއްޓިފައި އޮއްވަ އެވެ. އަދި އޭނާއަށް އެއްވެސް މީހެއްގެ އެހީތެރިކަމެއް ނުލިބި ގިނަ ވަގުތު ފާއިތުވުމުން, އޭނާ ފެނުނުއިރު ވެސް ހާލު އޮތީ ގޯސްވެފަ އެވެ.

އެ ދުވަހު އޭނާ އިތުރު ފަރުވާއަށް ރ. އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސް, އެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފަ އެވެ. އޭނާ މަރުވީ މާލޭގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެ ރަށުން މައުލޫމާތު ލިބޭ ގޮތުގައި އުމުރުން 25 އަހަރުގެ އެ އަންހެން މީހާ ވަލުތެރޭގައި އުޅެނިކޮށް ފިޓުޖެހިގެން ވެއްޓުމުގެ ސަބަބުން އެކި ވަރުގެ އަނިޔާ ލިބުނެވެ.

މި ހާދިސާއާ ގުޅިގެން ޅޮހީ ކައުންސިލުން އަދި ފުލުހުންގެ ފަރާތުން ބަހެއް ނުލިބެ އެވެ.