ދުނިޔޭގެ އެކުއަޓިކްސް މުބާރާތުގައި ރާއްޖެ އަށް ހަތް ގައުމީ ރެކޯޑް

Feb 18, 2024, 11:19 AM
ދުނިޔޭގެ އެކުއަޓިކްސް މުބާރާތުގައި ރާއްޖެ އަށް ހަތް ގައުމީ ރެކޯޑް

ގަތަރުގެ ދޯހާގައި ކުރިއަށްދިޔަ 21 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ވާދަކުރި ގައުމީ ހަތަރު ފެތުންތެރިން، ހަތް ގައުމީ ރެކޯޑާ އެކު މުބާރާތް ނިންމައިލައިފި އެވެ.

މި ފަހަރުގެ ވޯލްޑް އެކުއަޓިކްސް މުބާރާތުގައި، ރެކޯޑް ހެދި ފެތުންތެރިންނަކީ، ހަމްނާ އަޙްމަދު، މުބާލް އައްޒާމް އިބްރާޙީމް، މުހައްމަދު ރިހާން ޝިހާމް އަދި އައިޝަތު އުލްޔާ ޝާއިގް އެވެ. މުބާލް އާއި ރިހާން، ކޮންމެ އެތުލީޓަކު، ދެ އިންޑިިވިޖުއަލް ރެކޯޑް ހެދިއިރު، އުލްޔާ ވެސް ވަނީ ފުރަތަމަ ފަހަރަށް ގައުމީ ރެކޯޑެއް ހާސިލްކޮށްފަ އެވެ. އަނެއް ދެ ރެކޯޑަކީ، މިކްސް ރިލޭ ދެ އިވެންޓެވެ.

މުބާލް، އާ ކޮށްފައިވަނީ ފިރިހެނުންގެ ލޯންގް ކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑާއި، ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑެވެ. މި ދެ ރެކޯޑް އެންމެ ފަހުން އާ ކޮށްފައިވަނީ ވެސް މުބާލް އެވެ. އެއީ މިދިޔަ އަހަރުގެ އޭޝިއަން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގަ އެވެ.

ފިރިހެނުންގެ ލޯންގް ކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް، މުބާލް އާކޮށްފައިވަނީ 01:14.58 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެފަހުން މުބާލް އާ ކުރި އެންމެ ފަހުން ބޭއްވި އޭޝިއަން ގޭމްސްގައި، 01:14.73 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. މުބާލް މި ފަހަރު، ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑު އާ ކުރީ، 00:33.24 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. ފަންސާސް މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް އެންމެ ފަހުން މުބާލް އާ ކުރީ، އައިއޯއައިޖީގައި 00:34.00 އިން ރޭސް ނިންމައިގެންނެވެ.

ރިހާން އާ ކޮށްފައިވަނީ، ފިރިހެނުންގެ ލޯންގްކޯސް 200 މީޓަރުގެ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑާއި ފިރިހެނުންގެ ލޯންގްކޯސް 400 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑެވެ.

ފިރިހެނުންގެ ލޯންގްކޯސް 200 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑް ރިހާން އާކޮށްފައިވަނީ 02.06.32 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. މި ރެކޯޑް އެންމެފަހުން އާކޮށްފައިވަނީ މުބާލް އެވެ. އެއީ މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގައި މި އިވެންޓް 02:08.22 އިން ނިންމައިގެންނެވެ.

ފިރިހެނުންގެ ލޯންގްކޯސް 400 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑް ރިހާން އާކޮށްފައިވަނީ 04:31.96 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑް އެންމެފަހުން އާކޮށްފައިވަނީ މުބާލް އެވެ. އޭނާ މި ރެކޯޑް ހެދީ، 2018 ވަނަ އަހަރު ބޭއްވުނު އޭޝިއަން ގޭމްސްގައި 04:48.44 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.

އުލްޔާ އަށް މިއީ ހާއްސަ މުބާރާތެކެވެ. އަންހެނުންގެ ލޯންގްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑަަށް 16 އަހަރަށް ފަހު ނިމުން ގެނައީ އުލްޔާ އެވެ. އަނެއްކޮޅުން، މިއީ އުލްޔާ މުގުރާލި ފުރަތަމަ ގައުމީ ރެކޯޑް ވެސް މެ އެވެ.

އުލްޔާ، މި ރެކޯޑް މުގުރާލީ، 00:29.47 އިން ރޭސް ނިންމައިގެންނެވެ. މި ރެކޯޑް އެންމެ ފަހުން ހަދާފައިވަނީ، 2007 ވަނަ އަހަރު ބޭއްވުނު ފުރަތަމަ ސައުތު އޭޝިއާ ސްވިމިން އެންޑް ވޯޓާ ޕޯލޯ ޗެމްޕިއަންޝިޕްސްގައި އާމިނަތު ރޫޔާ ޙުސައިން އެވެ. ރޫޔާގެ ޓައިމިން އަކީ 00:29.62 އެވެ.

ރާއްޖޭގެ ޓީމުން، ވަނީ މިކްސް ރިލޭގެ ލޯންގްކޯސް ހަތަރެއް ގުނަ 100 މީޓަރު މެޑްލޭ މިކްސްޑް ރިލޭ އިވެންޓާއި ލޯންގްކޯސް ހަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް މިކްސްޑް ރިލޭ އިވެންޓުގެ ގައުމީ ރެކޯޑް އާ ކޮށްފަ އެވެ. ރެކޯޑް އާ ކުރި ޓީމުގައި ހިމެނެނީ، މުބާލް، ރިހާން، ހަމްނާ އަދި އުލްޔާ އެވެ.

ލޯންގްކޯސް ހަަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް މިކްސްޑް ރިލޭ އިވެންޓުގެ ޤައުމީ ރެކޯޑް އާކޮށްފައިވަނީ 04:41؛17 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ 2022 ވަނަ އަހަރު ބޭއްވުނު ކޮމަންވެލްތު ގޭމްސްގަައި 04:14.91 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. އެ ފަހަރު ގެ ޓީމުގައި ހިމެނުނީ މުބާލް އާއި ހަމްނާގެ އިތުރުން، އައިޝަތު ސައުސަން އަދި މުޙައްމަދު އާން ޙުސައިން ނެެވެ.

ލޯންގްކޯސް ހަތަރެއް ގުނަ 100 މީޓަރު މެޑްލޭ މިކްސްޑް ރިލޭ އިވެންޓުގެ ޤައުމީ ރެކޯޑް އާކޮށްފައިވަނީ 04:41.83 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގަ އެވެ. އެ ފަހަރުގެ ރެކޯޑް ހެދި ޓައިމިން އަކީ، 04:48.51 އެވެ. އެ ފަހަރު ގެ ޓީމުގައި ހިމެނުނީ މުބާލް، އިމްޢާން ޢަލީ، ހަމްނާ އަދި ހަނާން ޙުސައިން ޙަލީމް އެވެ.

އެހެންކަމުން، މިކްސް ރިލޭ އިވެންޓްގެ އެންމެ ފަހުން ދެ ފަހަރު ވެސް ހަމްނާ އާއި މުބާލްގެ ހިއްސާ އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox