Advertisement

ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް ދެ މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރަނީ

18 ފެބުރުވަރީ 2024 - 13:56 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މަސްވެރިޔަކު ރަތް މަހެއް ބޭނުމަށްފަހު ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: އައްޑޫ ސްޕޯޓްސް ފިޝިންގް


ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް ދެ މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރަނީ

18 ފެބުރުވަރީ 2024 - 13:56 0

ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް ދެ މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރުމަށް އެސްޑީއެފްސީން ނިންމައިފި އެވެ.

އެސްޑީއެފްސީން ބުނީ، ފަރުމަހުގެ މަސްވެރިކަން ކުރަން ފެށުމަށާއި މިހާރުވެސްކުރަމުން އަންނަ ފަރުމަހުގެ މަސްވެރިކަން ކުރިއެރުވުމަށް، އަދި ކުދި އައިސްޕްލާންޓް ބެހެއްޓުމަށް ދެ މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރަން ހުޅުވާލުމަށް ހަމަޖެހިފައި ވަނީ ބުދަ ދުވަހު ކަމަށެވެ.

އެ ލޯނުތައް ދޫކުރާނީ ފަސް ޕަސަންޓް އިންޓްރެސްޓަކާއެކު ކަމަށާއި، ލޯނު އަދާ ކުރަން ޖެހޭނީ ގިނަ ވެގެން 10 އަހަރުގެ ތެރޭގައި ކަމަށް އެސްޑީއެފްސީން ބުންޏެވެ.

"ލޯނުގެ ގްރޭސް މުއްދަތުގެ ގޮތުގައި ގިނަވެގެން 10 މަސް ދުވަސް އެކުލެވޭނެ އަދި އެސްޑީއެފްސީން ކަނޑައަޅާ މިންގަނޑަށް ފެތޭ ރަހުނެއް ލޯނަށް އެދޭ ފަރާތުން ބަހައްޓަންވާނެ" އެސްޑީއެފްސީން ބުނެ އެވެ.

އެސްޑީއެފްސީން ބުނީ، މިހާރުވެސް އައިސްޕްލާންޓުގެ ހިދުމަތް ދެމުން އަންނަ ރަށްރަށުގައި އަދި އައިސްޕްލާންޓް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ރަށްރަށުގައި އައިސްޕްލާންޓް ގާއިމު ކުރުމަށް މި ސްކޫމްގެ ދަށުން ލޯނު ދޫކުރާނެ ކަމަށެވެ.

ލޯނު ލިބޭ މީހުންނަށް ހުރި ޝަރުތުތައް:

• އައިސްޕްލާންޓު ގާއިމު ކުރުމުގެ މަސައްކަތް ނިމި ލޯނު ދޫކުރާތާ އެއް އަހަރު ތެރޭގައި އޮޕަރޭޓްކުރުން.

• ނަގާފައިވާ ލޯނުގެ ދަށުން ދައްކަން ޖެހި ނުދެއްކިފައިވާ ފައިސާއެއް ނުވަތަ ލޯނުގެ އޯވާޑިއުއެއް ނެތުން.

އައިސްޕްލާންޓް ގާއިމު ކުރުމަށް ދޫކުރާ ލޯނު ހަރަދު ކުރެވޭ ކަންތައްތައް:

• އައިސް ޕްލާންޓާއި އައިސް ސްޓޯރޭޖު, ޕަވާ ހައުސް އިމާރާތުގެ ފައުންޑޭޝަނާއި އެންމެހާ ސިވިލް ވޯކެއް.

• އައިސް ޕްލާންޓު މެޝިނަރީ ޖެނެރޭޓަރު ސެޓު ގަނެ ޝިޕްކޮށް ސައިޓަށް ސަޕްލައި ކުރުން.

• އައިސް ޕްލާންޓު މެޝިނަރީ ޖެނެރޭޓަރު ސެޓު އިންސްޓޯލްކޮށް ކޮމިޝަން ކުރުން.

• އިމާރާތް ހިޔާކޮށް ދޮރާއި ދޮރުފަތް ހަރު ކުރުން.

މި ސްކީމުގެ ދަށުން ކުދި އައިސްޕްލާންޓު ކަމުގައި ބަލާނީ ޑެއިލީ އައިސް ޕްރޮޑަކްޝަން ކެޕޭސިޓީ ފަސް ޓަނާއި 15 ޓަނާއި ދެމެދުގެ ކެޕޭސިޓީގެ އައިސްޕްލާންޓަށް ކަމަށް އެސްޑީއެފްސީން ބުނެ އެވެ.

މީގެއިތުރުން އައިސް ޕްލާންޓު ގަނެ އިންސްޓޯލް ކުރުމާއި އިމާރާތް ކުރުމުގެ އިތުރުން އެހެނިހެން ހަރަދުތަކުގެ އަގު ދެ މިލިއަން ރުފިޔާއަށްވުރެ އިތުރަށް ކުރަން ޖެހޭ ހަރަދު ކުރަން ޖެހޭނީ ލޯނަށް އެދޭ ފަރާތުން ކަމަށްވެސް އެސްޑީއެފްސީން ބުނެ އެވެ.

މި ސްކީމުގެ ދަށުން ލޯނު ލިބިގެން އައިސްޕްލާންޓު ގާއިމު ކުރުމަށް ދޫކުރެވޭ ލޯނުގެ 30 ޕަސަންޓަކީ ހިލޭ އެހީ ނުވަތަ ގްރާންޓުގެ ގޮތުގައި ދެވޭ ފައިސާކަމުގައި ކަނޑައެޅޭނެކަން ފާހަގަކޮށް އެސްޑީއެފްސީން ބުނީ، ހިލޭ އެހީ ނުވަތަ ގްރާންޓުގެ ގޮތުގައި ކަނޑައެޅޭ ފައިސާ ހަމަޖެހިގެންދާނީ ނަގާ ލޯނުގެ އަދަދުން ކެނޑިގެންދާ ގޮތަށް ކަމަށެވެ.