ގދ. ގަން: މިއީ ރާއްޖޭގެ އެންމެ ބޮޑު އެއް ރަށް -- ފޮޓޯ: [ވެރިފަރާތް ނޭނގޭ]
ގދ. ގައްދޫގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ގަމުގައި ފަސް ދާއިރާއަކުން މަޝްރޫއުތައް ހިންގަން ޝައުގުވެރިވާ އާންމުންނާއި ވިޔަފާރިތަކާއި ޖަމިއްޔާތަކަށް އެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ގައްދޫ ކައުންސިލުން ގެޒެޓުކުރި އިއުލާނެއްގައި ވަނީ މި ފުރުސަތު ރާއްޖޭގެ ކުންފުނިތަކަށާއި ބޭރުގެ ކުންފުނިތަކަަށް ވެސް އޮންނާނެ ކަމަށެވެ.
އިންވެސްޓުމަންޓުތަކަށް ހުޅުވާލީ ދާއިރާތަކަކީ:
މިކަމަށް ޝައުގުވެރިކަން ހުރި ނަމަ އެ ކައުންސިލަށް ލެޓާ އޮފް އެންގޭޖުމަންޓު (އެލްއޯއީ) ހުށަހަޅަން ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. މި ސިޓީ ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 30 ވަނަ ދުވަހުގެ އޮފީސް ބަންދުކުރުމުގެ ކުރި އެވެ.
ގައްދޫ ކައުންސިލުގެ އިއުލާނުގައިވާ ގޮތުގައި ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބެނީ މި ހުށަހެޅުންތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ އެންމެ ރަނގަޅު ހުށަހެޅުންތައް ހުށަހަޅާފައިވާ ފަރާތްތަަކަށެވެ.
ހުވަދޫ އަތޮޅުގައި ގުދުރަތީ ގޮތުން ހެދިފައި އޮތް އެންމެ ބޮޑު ރަށް ކަމުގައިވާ ގަމަކީ ގައްދޫ މީހުން ދަނޑުވެރިކަން ކުރަން މިހާރު ބޭނުންކުރާ ރަށެކެވެ. އެ ރަށުގައި އާސާރީ ބިނާތަކެއް ވެސް ހުރެ އެވެ.
Comment