Advertisement

ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު މިނިވަންކޮށް، ގެއަށް ބަދަލުކޮށްފި

18 ފެބުރުވަރީ 2024 - 09:13 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ތަސްކިން މިނިވަންކޮށް ގެއަށް ގެންދަނީ -- ފޮޓޯ: އޭޕީ


ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު މިނިވަންކޮށް، ގެއަށް ބަދަލުކޮށްފި

18 ފެބުރުވަރީ 2024 - 09:13 0

ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަސްކިން ޝިނަވާތްރާ މިނިވަންކޮށް، ގެއަށް ބަދަލުކޮށްފި އެވެ.

ތަސްކިން މިނިވަންކޮށް ގެއަށް ބަދަލު ކުރީ ބެންގްކޮކުގެ ޕޮލިސް ޖެނެރަލް ހޮސްޕިޓަލުގައި ހަ މަސް ދުވަސް ވަންދެން ބެހެއްޓުމަށްފަހު އެވެ.

ބޮޑުވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު ބާރުގެ ބޭނުން ނަހަމަކޮށް ބޭނުންކުރިކަން ތަކްސިންގެ މައްޗަށް ސާބިތުވެ، އޭނާ ދިޔައީ އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

ތަސްކިންގެ މައްޗަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް މިދިޔަ އަހަރު އެއް އަހަރަށް ކުޑަ ކޮށްފައިވާއިރު، ޕެރޯލްގެ ދަށުން އޭނާއަށް މައާފް ދެއްވައި މިނިވަން ކުރައްވާފައި ވަނީ ތައިލެންޑްގެ ބޮޑުވަޒީރު ސްރެތާ ތަސްވިސިން އެވެ.

ތަސްކިން ތައިލެންޑުން ފިލައިގެން ދިޔަ ގޮތަށް 14 އަހަރު ފަހުން މިދިޔަ އަހަރު ގައުމަށް އެނބުރި އައުމާއެކު އޭނާގެ މައްޗަށް ޖަލު ހުކުމް އިއްވާފައި ވަނީ ކޯޓަށް ހާޒިރުކޮށްގެންނެވެ.

ތައިލެންޑްގެ ބޮޑުވަޒީރުކަން 2001 އިން 2006 ގެ ނިޔަލަށް ކޮށްފައިވާ ތަސްކިންއަކީ ގިނަ ތުހުމަތުތައް ކުރެވޭ ފަރާތެކެވެ. މިގޮތުން އޭނާ ގައުމުން ފިލައިގެން ދިޔައީ ވެސް ފެންމަތިވި މައްސަލަތަކާ ގުޅިގެންނެވެ.