Advertisement

ޑިމޮކްރެޓްސްގެ "ފާރަވެރި މަޖިލިސް" ކެމްޕެއިންގެ ތަރުޖަމާނަކަށް މެމްބަރު ވައްޑޭ

16 ފެބުރުވަރީ 2024 - 14:12 0

އަމަން ހަލީމް

އަމަން ހަލީމް

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު: އޭނާ މިފަހަރު އިންތިހާބުގައި އެއްވެސް ދާއިރާއަކަށް ވާދަނުކުރައްވާ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ޑިމޮކްރެޓްސްގެ "ފާރަވެރި މަޖިލިސް" ކެމްޕެއިންގެ ތަރުޖަމާނަކަށް މެމްބަރު ވައްޑޭ

16 ފެބުރުވަރީ 2024 - 14:12 0

އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ދަ ޑިމޮކްރެޓްސް ޕާޓީގެ ތަރުޖަމާނަކަށް އުނގުފޫރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) މިއަދު އައްޔަނުކޮށްފި އެވެ.

ޑިމޮކްރެޓުންގެ ތަރުޖަމާނަކަށް ވައްޑޭ އައްޔަނުކޮށްފައިވާއިރު، އޭނާ މި އިންތިހާބުގައި އެއްވެސް ދާއިރާއަކަށް ވާދަނުކުރައްވަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޑިމޮކްރެޓްސް ޓިކެޓުގައި ވާދަކުރަން 41 މީހަކު ފޯމު ހުށަހަޅާފައިވެ އެވެ.

އޭގެ ތެރޭގައި މިހާރު ވެސް މަޖިލީހުގައި އެ ޕާޓީ ތަމްސީލުކުރާ މެމްބަރުންނާއި ކުރީގެ މަޖިލިސް މެމްބަރުން ވެސް ހިމެނެ އެވެ. ހަމައެހެންމެ މަޖިލިސް އިންތިހާބެއްގައި ކުރިން ވާދަނުކުރާ މުޅިން އާ މޫނުތައް ވެސް އެ ޕާޓީގެ ޓިކެޓުގައި ވާދަަކުރެ އެވެ.

ޑިމޮކްރެޓުންގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ހިންގަނީ "ފާރަވެރި މަޖިލިސް" ނަމުގަ އެވެ.

އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި އެ އިންތިހާބުގައި ވާދަކުރާ މުއްދަތު ހަމަވިއިރު 381 ފޯމު ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި އިދިކޮޅު އެމްޑީޕީން ހުށަހެޅި 89 ފޯމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފްގެ ފަރާތުން، އަމިއްލަ ގޮތުން ވާދަކުރަން 49 ފޯމު ހިމެނެ އެވެ.

އެހެން ނަމަވެސް ވެރިކަންކުރާ ކޯލިޝަނުގައި ހިމެނޭ ޕީޕީއެމް/ޕީއެންސީ އިން ހުށަހެޅީ ކިތައް ފޯމު ކަމެއް ސާފެއް ނޫނެވެ.