Advertisement

ޔޫކޭ އާއި ޖަޕާނު ރިސެޝަނަށް، ޖަރުމަނު ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު އިގުތިސޯދަކަށް

16 ފެބުރުވަރީ 2024 - 17:45 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޖަޕާނާއި ޔޫކޭގެ ދިދަ: ދުނިޔޭގެ އެންމެ ބޮޑު 10 އިގުތިސޯދުތަކުގެ ތެރޭގައި މި ދެ ގައުމު ހިމެނޭ --


ޔޫކޭ އާއި ޖަޕާނު ރިސެޝަނަށް، ޖަރުމަނު ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު އިގުތިސޯދަކަށް

16 ފެބުރުވަރީ 2024 - 17:45 0

ދުނިޔޭގެ އެންމެ ބޮޑެތި އިގުތިސޯދުތަކުގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާތް (ޔޫކޭ) އާއި ޖަޕާނުގެ އިގުތިސޯދީ އުފެއްދުންތެރިކަން ހީނަރުވެ އެ ދެ ގައުމު ރިސެޝަނަކަށް ގޮސްފި އެވެ.

ގައުމެއް ރިސެޝަނަކަށް ދަނީ އެ ގައުމުގެ އުފެއްދުންތެރިކަން ޖެހި ޖެހިގެން ދެފަހަރު މަތިން ދަށަށް ދިޔުމުން ކަމަށްވާއިރު، މިދިޔަ އަހަރުގެ ފަހު ދެ ކުއާޓަރުގައި ޔޫކޭ އަދި ޖަޕާންގެ އިގްތިސާދު ވަނީ ދަށަށް ގޮސްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން މިދިޔަ އަހަރުގެ ފަހު ތިން މަހުގެ ތެރެއިން ކޮންމެ މަހަކު ޔޫކޭގެ އިގުތިސޯދު 0.1 ޕަސަންޓު ދަށަށް ދިޔަ އެވެ. އެއާ ގުޅިގެން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ޔޫކޭގެ އިގުތިސޯދީ ކުރިއެރުން 0.3 ޕަސެންޓު ދަށްވި އެވެ.

ކުރިން ތިން ވަނައަށް އެންމެ ބޮޑު އިގުތިސޯދު އޮތް ޖަޕާނުގެ އިގުތިސޯދު ކުރިއަރާ މިންވަރު މިދިޔަ ސެޕްޓެމްބަރުގައި 2.9 ޕަސަންޓް ދަށްވެފައިވާއިރު، އެ މިންވަރާ އަޅާބަލާއިރު މިދިޔަ ޑިސެމްބަރުގައި އެ ގައުމުގެ އިގްތިސާދު ކުރިއަރާ މިންވަރު ވަނީ 0.4 ދަށަށް ގޮސްފަ އެވެ.

މިއާ ގުޅިގެން ޖަޕާނުގެ ޖުމްލަ އިގުތިސޯދީ އުފެއްދުންތެރިކަން ވަނީ 4.2 ޓްރިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. ނަމަވެސް ކުރިން ހަތަރު ވަނައިގައި އޮތް ޖަރުމަނުގެ އިގުތިސޯދު 4.6 ޓްރިލިއަނުގައި ހިފެހެއްޓުމުން އެ ގައުމަކީ މިހާރު ތިން ވަނައަށް އެންމެ ބޮޑު އިގުތިސޯދެވެ.

މިދިޔަ އަހަރު ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދުގެ ގޮތުގައި 27.94 ޓްރިލިއަން ޑޮލަރުގެ އުފެއްދުންތެރި ކަމާއެކު އެމެރިކާ އޮތްއިރު، ލިސްޓުގެ ދެވަނައިގައި 17.5 ޓްރިލިއަން ޑޮލަރުގެ އުފެއްދުންތެރި ކަމާއެކު އޮތީ ޗައިނާ އެވެ.

އެންމެ ބޮޑު އިގްތިސޯދުތަކުގެ ލިސްޓުގެ ފަސް ވަނައިގައި 3.7 ޓްރިލިއަން ޑޮލަރުގެ އުފެއްދުންތެރި ކަމާއެކު އިންޑިއާ އޮތްއިރު، ކުރިޔަށް އޮތް އަހަރުތަކުގައި އެ ގައުމުން ޖަޕާން ފަހަތަށް ޖައްސައި ލިސްޓުގެ ހަތަރުވަނައަށް ޖެހޭނެ ކަމަށް މާހިރުން ލަފާކުރެ އެވެ.