15 ފެބުރުވަރީ 2024 - 19:01 0
އަޒްލިފާ އަބްދުﷲ
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު. -- ފޮޓޯ: ރައީސް އޮފީސް
15 ފެބުރުވަރީ 2024 - 19:01 0
ސަރުކާރުގެ މާލީ ހާލަތު ވެއްޓިފައިވާ އަޑިގަޑުން ނެގުމަށްޓަކައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ޕްރޮގްރާމުގައި ބައިވެރިވާން އުޅޭ ކަމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރައްދު ދެއްވައިފި އެވެ.
ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމާއި އަބްދުﷲ ޔާމީން ވެރިކަމުގައި ވެސް މިނިސްޓަރުކަން ކުރެއްވި ސައީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ރާއްޖެ ވަކި ޕްރޮގްރާމެއްގައި ބައިވެރިވާކަށް ނުޖެހޭ" ކަމަށެވެ.
"އިގުތިސާދީ ހާލަތު އައްނަނީ ކުރީން ލަފާކުރި ވަރަށް ވުރެން ވެސް ބާރަށް ރަނގަޅުވަމުން،" ސައީދު ވިދާޅުވި އެވެ.
އައިއެމްއެފް ޕްރޮގްރާމުގައި ރާއްޖޭން ބައިވެރިވާން އުޅޭ ކަމާއި ރާއްޖެ ބަނގުރޫޓުވެފައިވާ ކަމަށް ސޯޝަލް މީޑިއާގައި ބުނަމުން ދާއިރު، ސައީދު ވިދާޅުވި ގޮތުން މާލީ ހާލަތު ގޯސް ވާހަކަ ދައްކަނީ ރާއްޖޭގެ މާލީ ނިޒާމުގެ އިތުބާރު ގެއްލުވާލަން ކުރާ ކަމެއް ކަމަށެވެ.
ސަރުކާރުގެ މާލީ ސިޔާސަތަށް އައިއެމްއެފްގެ ތައުރީފު
ރައީސް އޮފީހުން ބުނި ގޮތުގައި ޖޯޖީވާ މިހެން ވިދާޅުވީ ދުބާއީގައި ކުރިއަށްދާ ވޯލްޑް ގަވަމަންޓްސް ސަމިޓު 2024 ގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައި.
ސަރުކާރުގެ މާލީ ސިޔާސަތަށް އައިއެމްއެފްގެ ތައުރީފު
ރައީސް އޮފީހުން ބުނި ގޮތުގައި ޖޯޖީވާ މިހެން ވިދާޅުވީ ދުބާއީގައި ކުރިއަށްދާ ވޯލްޑް ގަވަމަންޓްސް ސަމިޓު 2024 ގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައި.
"ރާއްޖޭގެ މާލީ ނިޒާމްގެ އިތުބާރު ގެއްލުވާލަން ފިލާތިބެ ބަޔަކު މަސައްކަތް ކުރަނީ އިންތިޒާރުކުރި ގޯސްހާލަތަށް ރާއްޖެ ވައްޓައި ނުލެވުމުން ސިޔާސީ ގޮތުން މާޔޫސްވެގެން،" ސައީދު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރުވެސް މާލީ ދަތިކަން ކުރިމަތިވެފައި އޮތްއިރު، މިހާރު އެ ހާލަތު އިތުރަށް ވަނީ ގޯސްވެފަ އެވެ.
އައިއެމްއެފްގެ ވަފުދެއް ދާދި ފަހުން ރާއްޖެއަށް ޒިޔާރަތް ކުރި އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment