Advertisement

އަގުހުރި އިނާމުތަކާއެކު މީޑިއާނެޓު ރޯދަ ހަދިޔާ ޕްރޮމޯޝަން ފަށައިފި

15 ފެބުރުވަރީ 2024 - 13:30 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މީޑިއާނެޓު ކަސްޓަމާ ސާވިސް ސެންޓަރު: މީޑިއާނެޓަކީ ރާއްޖޭގެ އެންމެ ބޮޑު ކޭބަލް ސާވިސް ޕްރޮވައިޑަރު -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އަގުހުރި އިނާމުތަކާއެކު މީޑިއާނެޓު ރޯދަ ހަދިޔާ ޕްރޮމޯޝަން ފަށައިފި

15 ފެބުރުވަރީ 2024 - 13:30 0

އެހެން އަހަރުތަކަކޭވެސް އެއްގޮތަށް މީޑިއާނެޓު ރޯދަ ހަދިޔާ ޕްރޮމޯޝަން މި އަހަރުވެސް އަގުހުރި އިނާމުތަކާއެކު ފަށައިފި އެވެ.

މީޑިއާނެޓުން ބުނީ މިއަދު ފެށި މި ޕްރޮމޯޝަން މާޗު، 21 ގެ ނިޔަލަށް ކުރިޔަށްދާނެ ކަމަށާއި، އެހެން އަހަރުތަކާ ހިލާފަށް މި ފަހަރުގެ ޕްރޮމޯޝަން އިތުރަށް ކުލަގަދަވާނެ ކަމަށެވެ.

އެގޮތުން ކޮންމެ ހަފްތާއަކު ނަސީބުވެރި ކަސްޓަމަރުންނަށް އިނާމު ލިބޭއިރު، މުޅި ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިސެއްވެސް ވަނީ ހިމަނާފަ އެވެ.

ގްރޭންޑް ޕްރައިޒްގެ ގޮތުގައި ނަސީބުވެރި އެއްފަރާތަކަށް ދެ މީހުންނަށް ޓްރާންފާ އާއި ކެއުމާއެކު ސިޔާމް ވޯލްޑް ރިސޯޓުގެ ވޯޓާ ވިލާއަކުން ފަސް ދުވަހުގެ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް މީޑިއާނެޓުން ބުނެ އެވެ.


"މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި މީޑިއާނެޓު ކަސްޓަމަރުންނަށް ކޮންމެ ޕެކޭޖަކަށް ސަބްސްކްރައިބްކޮށްގެންވެސް ކޮންމެ ހަފްތާއަކު ހާއްސަ އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވޭ. އެގޮތުން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް އެ ހަފްތާގެ އިނާމު ލިބިގެންދާނެ" މީޑިއާނެޓުން ބުނެ އެވެ.

ކޮންމެ ހަފްތާއަކު ދިނުމަށް ހަމަޖެހިފައިވާ އިނާމުތައް:

• ފުރަތަމަ ހަފްތާ: މިޑިއާ ބްރޭންޑުގެ ފްރަންޓް ލޯޑް އިންވާޓާ ދޮންނަ މެޝިނެއް

• ދެވަނަ ހަފްތާ: މިޑިއާ ބްރޭންޑްގެ 338 ލީޓަރ އިންވާޓާ ފްރިޖެއް

• ތިންވަނަ ހަފްތާ: ޓީސީއެލް ބްރޭންޑްގެ 55 އިންޗީގެ ޓީވީއެއް

• ހަތަރުވަނަ ހަފްތާ: މިޑިއާ ބްރޭންޑްގެ 8 ބައި ހިމެނޭ ޑިޝްވޮޝާއެއް

• ފަސްވަނަ ހަފްތާ: 25 ލީޓަރުގެ އެއާ ފްރަޔާ އަވަނެއް


މީގެއިތުރުން ކޮންމެ ހަފްތާއަކު ދިނުމަށް ހަމަޖެހިފައިވާ އިނާމުތަކުގެ އިތުރުން މީޑިއާނެޓުގެ ހުރިހާ ޗެނަލެއް ލިބޭ ޕެކޭޖު "ވޯންޓް އިޓް އޯލް" ޕެކޭޖަށް ސަބްސްކްރައިބުން ނުވަތަ އަޕްގްރޭޑް ކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ހާއްސަ ގްރޭންޑް ޕްރައިޒެއް ދިނުމަށްވަނީ ހަމަޖެހިފައި ކަމަށްވެސް މީޑިއާނެޓުން ބުނެ އެވެ.

ކޮންމެ އަހަރެއްގެ ރަދަ މަހާ ދިމާކޮށް މީޑިއާނެޓުން ރީ-ބްރޯޑްކާސްޓް ކުރާ ޗެނަލްތަކުން އަންނަނީ ތަފާތު ޕްރޮގްރާމްތައް ތައްޔާރުކުރަމުންނެވެ. އެގޮތުން އައިސް ޓީވީގެ ފަރާތުން މުޅިން އައު ޝައުގުވެރި ބައިވަރު ޝޯވްތަކެއް މިފަހަރު ފެންނާނެ އެވެ.

"އެންމެނަށް މީޑިއާނެޓު" ޝިއާރުގެ ދަށުން މީޑިއާނެޓުން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތަކާއި ކުޅިވަރު އިވެންޓްތައް ދިވެހިންގެ ޓީވީ އަދި މޯބައިލް ސްކްރީންތަކާއި ހިސާބަށް ގެނެސްދެމުންނެވެ.