Advertisement

އެމްއައިބީގެ ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރެވޭ ލިމިޓް ބޮޑުކޮށްފި

14 ފެބުރުވަރީ 2024 - 11:19 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އެމްއައިބީގެ ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރެވޭ ލިމިޓް ބޮޑުކޮށްފި

14 ފެބުރުވަރީ 2024 - 11:19 0

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ކާޑުތަކުން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓް ބޮޑުކޮށްފި އެވެ.

އެމްއައިބީން ބުނީ ކަސްޓަމަރުންގެ ތެރެއިން އެ ބޭންކަށް މުސާރަ ޖަމާކުރާ ފަރާތްތަކުގެ ރުފިޔާ އެކައުންޓަށް ދޫކުރާ ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓު އިތުރުކޮށްފައިވާ ކަމަށެވެ.

މުސާރަ ޖަމާކުރާ ފަރާތްތަކުގެ ރުފިޔާ ކާޑަށް ބޭރުގެ މުއާމަލާތް ކުރުމަށް ކުރިން ދެމުން އައި މަހަކު 100 ޑޮލަރުގެ ލިމިޓް މިހާރު މަހަކު 250 ޑޮލަރަށް ބޮޑުކޮށްފައިވާ ކަމަށް އެމްއައިބީން ބުނެ އެވެ.

އެމްއައިބީއަށް މުސާރަ ޖަމާކުރާ ފަރާތްތަކަކީ އެ ބޭންކުގެ "މިބްނައިން" (MIB9) ކުލަބުގެ މެމްބަރުންނެވެ.

"މެމްބަރުންނަށް ލިބޭ އިތުރު ފައިދާތަކުގެ ތެރޭގައި އެބޭންކުގެ އެންމެ މަޤުބޫލު ފައިނޭންސިން ފެސިލިޓީކަމުގައިވާ އުޖާލާ ދިރިއުޅުން މެދުވެރިކޮށް ފައިނޭންސްކުރާނަމަ ޕްރޮފިޓް ރޭޓު 15 ޕަސަންޓުން 13 ޕަސަންޓަށް ކުޑަވުމާއި ފައިނޭންސިން ޕްރޮސެސިން ފީ އެއް ޕަސަންޓުން 0.5 ޕަސަންޓަށް ކުޑަވެގެންދާނެ،" އެމްއައިބީން ބުނެ އެވެ.

އެއާއެކު، މެމްބަރަކަށް ވުމަށްފަހު ނަގާ ވިސާ އެވްރީޑޭ ކާޑުގެ ރެޖިސްޓްރޭޝަން ފީ އުނިވާނެ ކަމަށް އެމްއައިބީން ބުނެ އެވެ.

އިސްލާމިކް ބޭންކުން ބުނީ އެ ބޭންކަށް މުސާރަ ޖަމާކުރަން ފަށާ ފުރަތަމަ މަހުންފެށިގެން މި ފައިދާތައް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ. ބޮޑު ކުރި ޑޮލަރު ލިމިޓާއެކު ބޭންކަށް މުސާރަ ޖަމާކުރާ ފަރާތްތަކުގެ މެމްބާޝިޕް ބެނެފިޓްތައް އިތުރަށް ފުރިހަމަވެގެން ވަނީ ގޮސްފަ އެވެ.

މިފަހުން އެމްއައިބީން ވަނީ އެކި މުއައްސަސާތަކަށް ޒިޔާރަތްކޮށް ކަސްޓަމަރުންނަށް ބައްދަލުކޮށް މައުލޫމާތު ހިއްސާކޮށްފަ އެވެ. އެމްއައިބީގެ ބްރާންޗްތަކާއި ސޭލް ސެންޓަރުތަކުގެ ހިމެނޭ ހުރިހާ ހިސާބެއްގައި ކުރިޔަށްގެންދިޔަ ހަރަކާތްތަކަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.

މިބްނައިން މެމްބަރުންގެ މެދުގައި ބޭންކުން އަހަރުގެ ތެރޭގައި އެކި ޕްރޮމޯޝަންތައް ކުރިއަށް ގެންދެ އެވެ. އެގޮތުން މި އަހަރުވެސް ފެބްރުއަރީ 1، އިން ފެށިގެން ޖޫން 30، ގެ ނިޔަލަށް ބޭންކަށް މުސާރަ ޖަމާކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތަކަށް ހޮންޑާ އެއާބްލޭޑު ސައިކަލެއް ލިބެ އެވެ.