Advertisement

ޕާކިސްތާން އިންތިހާބުގެ ނަތީޖާއާ ގުޅިގެން ހައިވޭތައް ބަންދުކޮށް މުޒާހަރާ ކުރަނީ

13 ފެބުރުވަރީ 2024 - 14:08 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޕާކިސްތާނުގެ ހައިވޭތައް ބަންދުކޮށް، މުޒާހަރާ ކުރުން -- ފޮޓޯ؛ އޭޕީ


ޕާކިސްތާން އިންތިހާބުގެ ނަތީޖާއާ ގުޅިގެން ހައިވޭތައް ބަންދުކޮށް މުޒާހަރާ ކުރަނީ

13 ފެބުރުވަރީ 2024 - 14:08 0

ޕާކިސްތާން އާންމު އިންތިހާބުގެ ނަތީޖާއާ ގުޅިގެން ހައިވޭތައް ބަންދުކޮށް މުޒާހަރާ ކުރަން ފަށައިފި އެވެ.

ހޮނިހިރު ދުވަހު ޕާކިސްތާން އިންތިހާބުގެ ވޯޓުލުން ކުރިޔަށް ގެންގޮސްފައިވާއިރު، އިންތިހާބުގެ ނަތީޖާ އިއުލާންކޮށް ނިމިފައި ވަނީ ހަތަރު ވަރަކަށް ދުވަސް ފަހުންނެވެ.

މިގޮތުން އިންތިހާބުގައި ވޯޓުލި ގިނަ ބަޔަކު ވަނީ ނަތީޖާގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމަށް ބުނެ، އެ ގައުމުގެ އެކި ހިސާބުތަކުގެ ހައިވޭތައް ބަންދުކޮށް އިހުތިޖާޖު ކުރަން ފަށާފަ އެވެ. މި އިހުތިޖާޖުތައް ކުރަން ފެށުމާއެކު ޕާކިސްތާނުގެ ފުލުހުން ވަނީ ރަޔަޓް ގިޔަރުގައި އައިސް މުޒާހަރާގެ ބައިވެރިން ދުރަށް ޖައްސާފަ އެވެ.

"ބައެއް ފަރާތްތަކުން އަންނަނީ އިލެކްޝަން ކޮމިޝަން އަދި ސަރުކާރުގެ އޮފީސްތައް ކައިރީ މުޒާހަރާ ކުރަމުން. ގަވައިދާ ހިލާފަށް އެއްވާނަމަ ގާނޫނުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނަން" ޕާކިސްތާން ފުލުހުން ބުނި އެވެ.

އިންތިހާބުގައި އެއްވެސް ޕާޓީއަކަށް ސަރުކާރެއް އުފައްދާ ވަރަށް މެޖޯރިޓީ ލިބިފައި ނުވާއިރު، 95 ގޮނޑިއާއެކު އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ އިމްރާން ހާންގެ ޕީޓީއައިއަށް ތާއީދުކުރާ މިނިވަން ކެންޑިޑޭޓުންނެވެ. ދެވަނައަށް 75 ގޮނޑިއާއެކު ނަވާޒް ޝަރީފްގެ ޕީއެމްއެލްއެން ޕާޓީން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި އިރު، 54 ގޮނޑިއާއެކު ތިންވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ޕީޕީޕީ ޕާޓީންނެވެ.

ޕާކިސްތާނުގެ އައު ސަރުކާރެއް އުފައްދާނީ ކޮން ބައެއްކަން މިހާތަނަށް ސާފު ނުވެ އެވެ. ނަމަވެސް އައު ސަރުކާރެއް އުފެއްދުމަށް ކޯލިޝަނެއް ހަދަން ޕީއެމްއެލްއެން އާއި ޕީޕީޕީ އިން އަންނަނީ މަޝްވަރާ ކުރަމުންނެވެ.