Advertisement

ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރަށް މައާފުދީ މިނިވަން ކުރަން ނިންމައިފި

13 ފެބުރުވަރީ 2024 - 14:02 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރަށް މައާފުދީ މިނިވަން ކުރަން ނިންމައިފި

13 ފެބުރުވަރީ 2024 - 14:02 0

ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވާޓްރާއަށް މައާފުދީ މިނިވަން ކުރަން ނިންމައިފި އެވެ.

އުމުރުން 74 އަހަރުގެ ތަސްކިންގެ މައްޗަށް ބޮޑުވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު ބާރުގެ ބޭނުން ނަހަމަކޮށް ބޭނުންކުރިކަން ސާބިތުވެ، އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

ނަމަވެސް ތައިލެންޑްގެ މިހާރުގެ ބޮޑުވަޒީރު ސްރެތާ ތަސްވިސިން ވިދާޅުވީ ތަސްކިންގެ މައްޗަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް މައާފުދީ އެއް އަހަރަށް ބަދަލު ކުރުމަށް އޭނާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން ނިންމާފައިވާ ކަމަށެވެ. މިގޮތުން ޕެރޯލްގެ ދަށުން ތަސްކިން މިނިވަން ކުރަން ނިންމާފައިވާ ކަމަށް ވެސް ސްރެތާ ވިދާޅުވި އެވެ.

"ތަސްކިން މިނިވަން ކުރުމުގެ ކަންކަން ގާނޫނާ އެއްގޮތަށް ކުރިޔަށްދާނެ. އޭނާ މިނިވަން ވާނީ އާންމު ރައްޔިތެއް ގޮތަށް. މާޒީގައި ވެގެންދިޔަ ކަންކަން މާޒީއަށް ވެގެންދާނެ" ސްރެތާ ވިދާޅުވި އެވެ.

ތަސްކިން ތައިލެންޑުން ފިލައިގެން ދިޔަ ގޮތަށް 14 އަހަރު ފަހުން މިދިޔަ އަހަރު ގައުމަށް އެނބުރި އައުމާއެކު އޭނާގެ މައްޗަށް ޖަލު ހުކުމް އިއްވާފައި ވަނީ ކޯޓަށް ހާޒިރުކޮށްގެންނެވެ.

ތައިލެންޑްގެ ބޮޑުވަޒީރުކަން 2001 އިން 2006 ގެ ނިޔަލަށް ކޮށްފައިވާ ތަސްކިންއަކީ ގިނަ ތުހުމަތުތައް ކުރެވޭ ފަރާތެކެވެ. މިގޮތުން އޭނާ ގައުމުން ފިލައިގެން ދިޔައީ ވެސް ފެންމަތިވި މައްސަލަތަކާ ގުޅިގެންނެވެ.