Advertisement

މޮރިޝަސް އާއި ލަންކާގައި ޔޫޕީއައި ފަށައި، މޮރިޝަސްގައި ރުޕޭ ކާޑު އިފްތިތާހުކޮށްފި

13 ފެބުރުވަރީ 2024 - 11:39 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ުޔޫޕީއައި އާއި ރުޕޭ ކާޑު ތައާރަފުކުރަން ބޭއްވި ވީޑިއޯ ކޮންފަރެންސްގައި ތިން ގައުމުގެ ވެރިން: މިއީ އިންޑިއާގެ ޑީޑޮލަރައިޒޭޝަން ސިޔާސަތުގެ ދަށުން ކުރަމުން ގެންދާ މަސައްކަތެއް --


މޮރިޝަސް އާއި ލަންކާގައި ޔޫޕީއައި ފަށައި، މޮރިޝަސްގައި ރުޕޭ ކާޑު އިފްތިތާހުކޮށްފި

13 ފެބުރުވަރީ 2024 - 11:39 1

ސްރީލަންކާ އާއި މޮރިޝަސްގައި ޔުނިފައިޑް ޕޭމަންޓް އިންޓަފޭސް (ޔޫޕީއައި) ގެ ހިދުމަތް ފަށައި، މޮރިޝަސްގައި ރުޕޭ ކާޑު އިފްތިތާހު ކޮށްފި އެވެ.

މި ހިދުމަތްތައް އިފްތިތާހުކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އަދި މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޖަގްނައުތު ގުޅިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

މި ވީޑިއޯ ކޮންފަރެންސްގައި މޮރިޝަސްގެ ޑޮމެސްޓިކް ކާޑުގެ ގޮތުގައި ކޯ ބްރޭންޑަޑް ރުޕޭ ކާޑު ކަނޑައެޅުމަށް ނިންމާފައިވާކަމަށް މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު އިއުލާންކުރެއްވި އެވެ. އަދި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ދެއްކެވި ވާހަކަފުޅުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މޯދީ ދެއްކެވި ވާހަކަފުޅުގައި މިއަދަކީ އިންޑިއާ، ސްރީލަންކާ އަދި މޮރިޝަސްގެ ބަދަހި ގުޅުމުގައި ޒަމާނީ ޑިޖިޓަލް ސިފަ ޖެހިގެންދާ ހާއްސަ ދުވަހެއްކަން ފާހަގަ ކުރައްވައި ވިދާޅުވީ، ފިންޓެކް ކަނެކްޓިވިޓީގެ ސަބަބުން ބޯޑަރު ހުރަސްކޮށް ކުރާ މުއާމަލާތްތަކާއި ކަނެކްޝަންތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށެވެ.

"އިންޑިއާގެ ޔޫޕީއައި ނުވަތަ ޔުނައިޓެޑް ޕޭމަންޓްސް އިންޓަފޭސް މިއަދު މިވަނީ އައު ދައުރަކަށް ދަތުރުކޮށްފައި، އިންޑިއާ އާކު އައު ބައިވެރިން ގުޅުވައިދީފި،" މޯދީ ވިދާޅުވި އެވެ.

މޯދީ ވިދާޅުވީ އޭޝިއާގެ ގަލްފުގައި ނޭޕާލް، ބޫޓާން، ސިންގަޕޫރު އަދި ޔޫއޭއީއަށް ފަހު މޮރިޝަސް ރުޕޭ ކާޑު އެފްރިކާގައި ތައާރަފް ކުރާތީ އުފާކުރައްވާ ކަމަށާއި، މިއާ ގުޅިގެން ނަގުދު ފައިސާ ގަންނަން ޖެހޭ މިންވަރު ވެސް ކުޑަވާނެ ކަމަށެވެ.

މީގެ އިތުރުން މޯދީ ވިދާޅުވީ، ޔޫޕީއައި އާއި ރުޕޭ ކާޑު ސިސްޓަމްގެ ސަބަބުން ރިއަލް ޓައިމް، ހަރަދު ކުޑަވެ އަދި އަމިއްލަ ފައިސާއިން ފަސޭހައިން ފައިސާ ދެއްކޭނެ މަގު ފަހިވެގެންދާނެ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކްރޮސް ބޯޑާ ރެމިޓެންސް ނުވަތަ ޕާސަން ޓު ޕާސަން (ޕީޓޫޕީ) ޕޭމަންޓް ފެސިލިޓީއާ ދިމާލަށް ދެވޭނެ ކަމަށެވެ.

"މި މުނާސަބަތުން ރަމްޒުކޮށްދެނީ ގްލޯބަލް ސައުތު ކޯޕަރޭޝަންގެ ކާމިޔާބީ ކަމާއި، މިއިން ދައްކުވައިދެނީ އިންޑިއާގެ ޖީ-20 ގެ ވެރިކަމުގައި ވެސް ގްލޯބަލް ސައުތުގެ ކަންބޮޑުވުންތަކަށް އިންޑިއާއިން ދީފައިވާ ހާއްސަ ސަމާލުކަން. އިންޑިއާގެ ސިޔާސަތަކީ ނެއިބަހުޑް ފަސްޓް. ހަމައެއާއިއެކު، އިންޑިއާގެ މެރިޓައިމް ވިސްނުމަކީ ސަގަރް، އެއީ މި ސަރަޙައްދުގެ އެންމެންގެ ސަލާމަތާއި ކުރިއެރުން ކަމާއި އަވަށްޓެރި ގައުމުތަކާ ވަކިން އިންޑިޔާގެ ތަރައްގީ އެއްގޮތަކަށް ވެސް ނުފެންނޭ،" މޯދީ ވިދާޅުވި އެވެ.

މި ހިދުމަތުގެ ސަބަބުން ސްރީލަންކާ އާއި މޮރިޝަސްއަށް ދަތުރުކުރާ އިންޑިއާގެ ރައްޔިތުންގެ އިތުރުން އިންޑިއާއަށް ދަތުރުކުރާ މޮރިޝަސްގެ ރައްޔިތުންނަށް ޔޫޕީއައި ސެޓްލްމަންޓްގެ ހިދުމަތް ލިބޭނެ އެވެ.

މޮރިޝަސްގައި ރުޕޭ ކާޑުގެ ހިދުމަތް ފުޅާކުރުމުގެ ސަބަބުން މޮރިޝަސްގެ ބޭންކުތަކަށް މޮރިޝަސްގެ ރުޕޭ މެކޭނިޒަމްގެ މައްޗަށް ބިނާކޮށް ކާޑު ދޫކުރުމުގެ ފުރުސަތު ފަހިވެ، އިންޑިއާ އާއި މޮރިޝަސްގެ އާބާދީތަކަށް ރުޕޭ ކާޑު ބޭނުން ކުރެވޭނެ މަގު ފަހިވެގެންދާނެ އެވެ.

ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާގެ ސަބަބުން އިންޑިއާއަށް އިންގިލާބީ ބަދަލެއް އައިސްފައިވާއިރު، އެންމެ ދުރު ރަށްރަށުގެ އެންމެ ކުދި ވިޔަފާރިކުރާ ފަރާތްތަކުން ޔޫޕީއައި މެދުވެރިކޮށް މުއާމަލާތްކޮށް ޑިޖިޓަލް ޕޭމަންޓްތައް ހަމަޖައްސަ އެވެ.

ޔޫޕީއައިގެ މުއާމަލާތްތަކުގެ ފަސޭހަކަމާއި ސްޕީޑަށް ބަލާއިރު 2023 ވަނަ އަހަރު ޔޫޕީއައި މެދުވެރިކޮށް 100 ބިލިއަނަށް ވުރެ ގިނަ މުއާމަލާތްތަކުން 24 ބިލިއަން ޑޮލަރުގެ މުއާމަލާތްކޮށްފައި ވެއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އާ ދެމެދު 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވެވުނު އެއްބަސްވުމުގެ ދަށުން، ރާއްޖޭގައި ރުޕޭ ކާޑު ބޭނުންކުރަން ފެށުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.

މިކަމުގެ ސަބަބުން އިންޑިއާ މީހުން ރާއްޖެއަށް ކުރާ ދަތުރުތަކަށް އިތުރު ލުއިތަކެއް ލިބިގެންދާނެ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި ދަތުރުފަތުރާއި ފަތުރުވެރިކަމާއި އިގުތިސޯދީ އިންޓަލިންކޭޖްތައް އިތުރަށް ހަރުދަނާވެގެންދާނެކަމަށް ބެލެވެ އެވެ.