Advertisement

ޖެނުއަރީގައި މީރާއަށް 3.60 ބިލިއަންގެ އާމްދަނީއެއް، ޑޮލަރުން 102 މިލިއަން ލިބުނު

13 ފެބުރުވަރީ 2024 - 10:52 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ޖެނުއަރީގައި މީރާއަށް 3.60 ބިލިއަންގެ އާމްދަނީއެއް، ޑޮލަރުން 102 މިލިއަން ލިބުނު

13 ފެބުރުވަރީ 2024 - 10:52 0

އާމްދަނީގެ ގޮތުގައި މިދިޔަ ޖެނުއަރީ މަހު 3.60 ބިލިއަން ރުފިޔާ ބަލައިގަތް ކަމަށާއި އެއީ އަންދާޒާކުރި ވަރަށްވުރެ 12.2 އިންސައްތަ އިތުރު އަދަދެއް ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މި އާމްދަނީގެ ތެރޭގައި 102.7 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނޭ ކަމަށް މީރާއިން ހާމަކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މީރާއިން ބަލައިގަތް އާމްދަނީއަށް ވުރެ 5.7 އިންސައްތަ އިތުރު އަދަދެއް ކަމަށް އެ އިދާރާއިން ބުންޏެވެ.

އެގޮތުން, ޖެނުއަރީ، 2023، ގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު ޖެނުއަރީ، 2024، ގައި ލިބުނު އާމްދަނީ އިތުރުވީ ކޯޕަރޭޓް އިންކަމް ޓެކުހާއި, ޖީޖީއެސްޓީ, ބޭންކް ޕްރޮފިޓް ޓެކްސް އަދި ބޭރު މުވައްޒަފުންގެ ކޯޓާ ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުން ކަމަށް މީރާއިން ބުނެ އެވެ.

މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ ތަފުސީލު

  • އިންކަމް ޓެކްސްގެ ގޮތުގައި 1.68 ބިލިއަން ރުފިޔާ
  • ޖީއެސްޓީގެ ގޮތުގައި 1.41 ބިލިއަން ރުފިޔާ (39.29 އިންސައްތަ)
  • ގްރީން ޓެކުހުގެ ގޮތުގައި 99.56 މިލިއަން ރުފިޔާ (2.77 އިންސައްތަ)
  • އެއާޕޯޓް ޑެވެލޮޕްމެންޓު ފީގެ ގޮތުގައި 94.62 މިލިއަން ރުފިޔާ (2.63 އިންސައްތަ)
  • ޑިޕާޗާ ޓެކްސްގެ ގޮތުގައި 92.23 މިލިއަން ރުފިޔާ (2.57 އިންސައްތަ)
  • އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 220.38 މިިލިއަން ރުފިިޔާ (6.13 އިންސައްތަ)

އޭގެތެރޭގައި އާމްދަނީގެ ގޮތުގައި 69.32 މިލިއަން އެމެރިކާ ޑޮލަރު މީރާއިން ބަލައިގެންފައިވެ އެވެ.