Advertisement

އޮފީސް ކްރިކެޓް ތަށި މީރާ އަށް

30 މާރިޗު 2024 - 09:44 0


އޮފީސް ކްރިކެޓް ތަށި މީރާ އަށް

30 މާރިޗު 2024 - 09:44 0

ރަމަޟާން ކްރިކެޓް ކާނިވަލްގެ އޮފީސް މުބާރާުތުގެ ޗެމްޕިއަންކަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހޯދައިފި އެވެ.

މީރާ އިން މެޗަކުން ބަލިނުވެ، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި ކަސްޓަމްސް ރެކްރިއޭޝަން ކްލަބާ ބައްދަލުކޮށް ހަ ވިކެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

ކަސްޓަމްސް އިން ފައިނަލުގައި ޓޮސް ދިމާވުމުން ނިންމީ، ކުޅެން އަރާށެވެ. އެ ގޮތުން އަށް އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން އެ ޓީމަށް ހެދުނީ 125 ލަނޑެވެ. ޖަވާބުގައި، މީރާ އިން ކުޅެން ނުކުމެ، 7.5 އޯވަރުގެ ތެރޭގައި އެއް ކުުޅުންތެރިއަކު ނުބައިވިއިރު، 129 ލަނޑު ހަދައި މެޗުން މޮޅުވީ އެވެ.

މި ފަަހަރުގެ އޮފީސް މުބާރާުތުގައި އަށް ޓީމަކުން ވަނީ ވާދަކޮށްފަ އެެވެ. މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެެވެ.

އެ ގޮތުން، ގްރޫޕް އޭގައި ކަސްޓަމްސްގެ އިތުރުން ދެން ހިމެނުނީ، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަން، ދިވެހި ސިފައިންގެ ކްލަބް އަދި ޓީމު ހާރިޖީ އެވެ. ގްރޫޕް ބީގައި މީރާ އެއް ވަނަ އަށް ދިޔައީ، ރައީސް އޮފީހާއި ޓްރާންސްޕޯޓް މިނިސްޓްރީ އަދި އިމިގްރޭޝަންއާ ވާދަކޮށެވެ.