Advertisement

ސަރުކާރުގެ އިގުތިސޯދީ އެޖެންޑާއަށް އައިއެމްއެފްގެ ރުހުމާއި ތައުރީފު

13 ފެބުރުވަރީ 2024 - 14:04 1

އަމަން ހަލީމް

އަމަން ހަލީމް

ރައީސް މުއިއްޒު އާއި ޖޯޖީނާ ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން: މި ބައްދަލުކުރެއްވުން އޮތީ ވޯލްޑް ގަވަމަންޓްސް ސަމިޓުގެ ހަވާސާގައި -- ފޮޓޯ: ރައީސް އޮފީސް


ސަރުކާރުގެ އިގުތިސޯދީ އެޖެންޑާއަށް އައިއެމްއެފްގެ ރުހުމާއި ތައުރީފު

13 ފެބުރުވަރީ 2024 - 14:04 1

އިގުތިސޯދީ އެޖެންޑާއަށް އިތުބާރު އޮތް ކަމަށާއި ސަރުކާރުން އަޅަމުންގެންދާ އިސްލާހީ ފިޔަވަޅުތަކަށް އިންޓަނޭޝަނަަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ ތައުރީފުކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން އިއްޔެ ބުނެފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ޖޯޖީވާ މިހެން ވިދާޅުވީ ދުބާއީގައި ކުރިއަށްދާ ވޯލްޑް ގަވަމަންޓްސް ސަމިޓު 2024 ގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގަ އެވެ.

އެ ބައްދަލުވުމުގައި ދެ ބޭފުޅުން ދެއްކެވި ވާހަކައިގެ ތެރެއިން ދެމެހެއްޓެނިިވި ގޮތެއްގައި އިގުތިސޯދީ ކުރިއެރުމާއި ހަމަޖެހުމަަށް މަގުފަހިކޮށްދިނުމަށްޓަކައި ރައީސް ކުރައްވާ މަސައްކަތުގެ އަގުވަަޒަންކުރައްވައި ސަރުކާރުގެ ހިންގުމަށް އިސްލާހުތައް ގެންނަން ރައީސް ދެއްވާ އަހަންމިއްޔަތު ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހަމަ އެއާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުއިއްޒު އިސްވެ ހުންނަވައިގެން ދިވެހިރާއްޖެއަށް ގެންނަވާ އިގުތިސޯދީ އިސްލާހުގެ އެޖެންޑާއަށް ފުރިހަމަ އިތުބާރު އޮތްކަން ހާމަކުރައްވަމުން، ދިވެހި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ތައުރީފު ކުރައްވައި، ދިވެހިރާއްޖެއަށް ފާގަތި މުސްތަގުބަލެއްގެ ބިންގާ އެޅުމުގައި ސަރުކާރުން އަޅުއްވަމުން ގެންދަވާ މުހިންމު ފިޔަވަޅުތަކުގެ މައްޗަށް ވެސް އަލިއަޅުވާލެއްވި" ރައީސް އޮފީހުން ބުންޏެވެ.

ސަރުކާރު ވެރިކަމަށް އައިއިރު ރާއްޖެއަށް މާލީ ގޮތުން ކުރިމަތިވެފައިވާ ނާޒުކު ހާލަތުގެ މައްޗަށް އަލިއަޅުއްވާލަމުން އާ ސަރުކާރަށް ކުރިމަތިވި މާލީ އުނދަގޫ ހާލަތުން އަރައިގަތުމަށް އަޅަންޖެހިފައިވާ މުހިންމު، އަވަސް ފިޔަވަޅުތައް ވެސް ޖޯޖީނާ ފާހަގަކުރެއްވި އެވެ. އަދި ސަރުކާރުން އަޅާ ފިޔަވަޅުތައް ދެފުށްފެންނަ ގޮތަށް ހިއްސާކުރުމަށް މި ސަރުކާރުން ކުރަމުންގެންދާ މަސައްކަތަށް ވެސް ތައުރީފުކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް އާއި އައިއެފްއެފްގެ މެނޭޖިން ޑިރެކްޓަރު މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެކަންކަމަށް ހޭނުމަށާއި ވިލުންތެރިކަން އިތުރުކުރުން ފަދަ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ރައީސް ވަނީ އައިއެމްއެފް އާއި ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކަމަށްޓަކައި ޝުކުރުއަދާކޮށްފި އެވެ.