Advertisement

އެމްއާރުއެމް އުވާލި ނިންމުން ސިވިލް ކޯޓުން ބާތިލުކޮށްފި

13 ފެބުރުވަރީ 2024 - 07:23 0

އަމަން ހަލީމް

އަމަން ހަލީމް

އެމްއާރުއެމްގެ ލީޑަރު ފާރިސް މައުމޫން: ޕާޓީ އުވާލަން ނިންމުން ގާނޫނާ ހިލާފު ކަމަށް އެންމެ ފުރަތަމަ ދުވަހު ވެސް ވިދާޅުވި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


އެމްއާރުއެމް އުވާލި ނިންމުން ސިވިލް ކޯޓުން ބާތިލުކޮށްފި

13 ފެބުރުވަރީ 2024 - 07:23 0

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ މެމްބަރުން ހަމަނުވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ޕާޓީ އުވާލި ނިންމުން ސިވިލް ކޯޓުން އިއްޔެ ބާތިލުކޮށްފި އެވެ.

ސިޔާސީ ޕާޓީއެއްގައި ތިބެން ގާނޫނުން ލާޒިމުކުރާ 3000 މީހުން ހަމަނުވާ ކަމަށް ކަނޑައަޅައި އީސީއިން އެމްއާރުއެމް އުވާލީ މިދިޔަ އަހަރުގެ މެއި 24 ގަ އެވެ. އޭރު އީސީން ބުނީ އެގޮތަށް ނިންމީ މެމްބަރުން ހަމަކުރަން ދިން ފުރުސަތުގައި ވެސް އެ އަދަދަށް މެމްބަރުން ހަމަނުކުރެވުމުން ކަމަށެވެ.

އީސީން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަަމަށް ވިދާޅުވެ މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫން އޭރު ވެސް ނުރުހުން ފާޅުކުރެއްވި އެވެ. އަދި މައްސަލަ ކޯޓަށް ހުށަހަޅި އެވެ. މީގެ ކުރިން ކޯޓުން ވަނީ އެ ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމުގެ އަމުރެއް ވެސް ނެރެފަ އެވެ.

މި މައްސަލައިގައި އީސީއާ ދެކޮޅަށް ހުކުމް ކުރި ކަން ހާމަކުރި ނަމަވެސް ސިވިލް ކޯޓުން ހުކުމް އަދި ފެންނަން ނެތުމާ ގުޅިގެން ހުކުމުގެ ތަފުސީލެއް ނުލިބެ އެވެ. ނަމަވެސް މިގޮތަށް ހުކުމްކޮށްފައިވާކަން އިލެކްޝަނާއި އެމްއާރުއެމްއިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.