Advertisement

ފާކިސްތާން އިންތިހާބު: ނަތިޖާ އިއުލާންކޮށްފި، އެއްވެސް ޕާޓީއަކަށް މެޖޯރިޓީ ނުލިބުނު

11 ފެބުރުވަރީ 2024 - 20:09 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޕާކިސްތާނުގެ އިންތިހާބުގައި ވޯޓުލައި ނިމުމުން، ވޯޓު ގުނު ކުރިޔަށް ގެންދަނީ -- ފޮޓޯ: އޭޕީ


ފާކިސްތާން އިންތިހާބު: ނަތިޖާ އިއުލާންކޮށްފި، އެއްވެސް ޕާޓީއަކަށް މެޖޯރިޓީ ނުލިބުނު

11 ފެބުރުވަރީ 2024 - 20:09 0

ޕާކިސްތާނުގެ އާންމު އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކުރިއިރު، އެއްވެސް ޕާޓީއަކަށް މެޖޯރިޓީ ނުލިބުނެވެ.

ބުރާސްފަތި ދުވަހު ބޭއްވި ޕާކިސްތާން އިންތިހާބުގައި 97 ގޮނޑިއާއެކު އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާންގެ ޓީޕީއައިއަށް ތާއިދުކުރާ މިނިވަން ކެންޑިޑޭޓުންނެވެ.

އިންތިހާބުގައި ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ޕީއެމްއެލްއެން ޕާޓީއަށް 76 ގޮނޑި ލިބިފައިވާއިރު، ޕީޕީޕީ ޕާޓީއަށް ލިބިފައި ވަނީ 54 ގޮނޑި އެވެ.

މީގެއިތުރުން އެހެނިހެން 37 ކެންޑިޑޭޓަކު ވަނީ ގޮނޑި ކާމިޔާބު ކޮށްފަ އެވެ.

މި ނަތީޖާއާއެކު ސަރުކާރެއް އުފެއްދޭ ވަރަށް ގޮނޑި ކާމިޔާބު ކޮށްފައިވާ ޕީއެމްއެލްއެން އާއި ޕީޕީޕީ އިން ވަނީ ކޯލިޝަން ހެދުމަށް މަޝްވަރާތައް ފަށާފަ އެވެ. ނަމަވެސް މިހާތަނަށް އެ ދެ ޕާޓީއަށް އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.

ކޯލިޝަން ހެދުމާ ދެކޮޅަށް ޕީއެމްއެލްއެންގެ ލީޑަރު ނަވާޒް އިންތިހާބުގެ ކުރިން ވާހަކަ ދައްކަވާފައިވާ އިރު، އިންތިހާބުގެ ނަތީޖާއާއެކު ނަވާޒްގެ ވާހަކަ ވަނީ ބަދަލުވެފަ އެވެ.

އިންތިހާބުގެ ނަތީޖާ ލަސްވުމުން އިންތިހާބުގެ ސައްހަ ކަމާމެދު ޕީޓީއައިގެ އިތުރުން އެމެރިކާ، ޔޫކޭ އަދި އީޔޫ އިން ވެސް ވަނީ ސުވާލު އުފައްދާފަ އެވެ. އަދި އިންތިހާބާ ގުޅޭ ގޮތުން ބޭރުގެ ޖަމިއްޔާތަކުންވެސް އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އިންތިހާބުގެ ނަތީޖާ އިންސާފުވެރި ނޫން ކަމަށް ބުނެ ޕީޓީއައި އިން މިއަދު އަންނަނީ މުޅި ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި އިހުތިޖާޖު ކުރަމުންވެެ.