11 ފެބުރުވަރީ 2024 - 04:04 7
ލީވާން އަލީ ނާސިރު
އދ.ދިގުރަށް ސްކޫލްގެ ހިންގުން ކުރީގެ ޕްރިންސިޕަލާ ހަވާލު ކުރުމުން ސްކޫލް ދޮށުގައި އިހުތިޖާޖު ކުރަނީ -- ފޮޓޯ: އަދަދު
11 ފެބުރުވަރީ 2024 - 04:04 7
އދ. ދިގުރަށު ސްކޫލް ހިންގުން ކުރީގެ ޕްރިންސިޕަލާ ހަވާލު ކުރުމުން ސްކޫލް ދޮށުގައި ބެލެނިވެރިން މިއަދު އިހުތިޖާޖު ކުރަން ފަށައިފި އެވެ.
ދިގުރަށު ސްކޫލްގެ ހިންގުން ކުރީގެ ޕްރިންސިޕަލާ ހަވާލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި ވަނީ މިދިޔަ އަންގާރަ ދުވަހެވެ. އޭނާ މަސައްކަތަށް ނިކުމެފައި ވަނީ މިއަދު އެވެ.
ބެލެނިވެރިން އިހުތިޖާޖު ކުރަން ފެށީ ކުރީގެ ޕްރިންސިޕަލާ "ސިޔާސީ މަގުސަދެއްގައި" ސްކޫލް ހަވާލު ކުރި ކަމަށް ތުހުމަތުކޮށްފަ އެވެ.
ސްކޫލް ދޮށުގައި އިހުތިޖާޖު ކުރަމުންދާ ބެލެނިވެރިން ގޮވަމުން ދަނީ ސްކޫލްތަކުގެ ޕްރިންސިޕަލުންނަކީ ސިޔާސީ މަގާމެއް ނޫން ކަމަށާއި ސިޔާސީ ބޭނުމަށް ދަރިވަރުންގެ މުސްތަގުބަލު ފުނޑާ ނުލުމަށެވެ.
އެކަމާ ގުޅިގެން ސްކޫލްގެ ހިންގެވުމާ ހަވާލުވެ ހުންނެވި ކުރީގެ ޕްރިންސިޕަލަށް "އަދަދު" އިން ގުޅުމުން އޭނާ ވިދާޅުވީ ސްކޫލްގައި މިވަގުތު ކިޔެވުން ކުރިޔަށްދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިހުތިޖާޖު ކުރާތީ ދިގުރަށް ސްކޫލްގެ ގޭޓް ވަނީ ތަޅުލާފަ އެވެ. މިގޮތުން އިހުތިޖާޖު ކުރަމުން އަންނަނީ ސްކޫލް ގޭޓުން ބޭރުގަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ސަލްމާން ޚާން
about 1 year ago
މިހާރު މިނިސްޓަރަށް އެއްޗެއް ވިސްނިއްޖެ ކަމަށް ހީކުރަން. އޭނަ ހިތުން ސިޔާސީ 8 މީހުން ގޮވައިގެން އޭނައަށް ވެރިކަން ކުރެވިދާނެ. މީނައަކަށް ނޭނގޭ ތިމާ މިނިސްޓްރީ ހިނގާންޖެހެނީ ސިވިލް ސާވަންޓުންނާއެކު ކަމެއް. އެކަކަމު ސިޔާސީ އެޕޮއިންޓީންނަށް އެންގީ ސިވިލް ސާވަންޓުންނާއެކު ކޮފީއަށް ނުދިއުމަށް. ސިވިލްސާވަންޓުންނަށް އެންގީ ތިމަންނާމެން ސިޔާސީ މީހުންނަށް ނުގުޅާށޭ. ދެން މީ ކީއްކުރުން ބޮޑުމުސާރަދިފަތިބި ބައެއްތަ؟ ވަރަށް ކަނޑުކޮސް.
އިމްރާނު
about 1 year ago
ޕްރިންސިޕަލް ޒުބޭރުގެ މައްސަލަ އެއް ނެތް. ޒުބޭރު ބޭރުކުރަން އުޅެނީ ސިޔާސީ މަންފާއެއް ހޯދުމަށް.
އިމާދު
about 1 year ago
ޕްރިންސިޕަލް ގޯސްވާ ސަބަބެއް ބުނެއެއް ނުދެވޭ. ޕްރިންސިޕަލަކީ ރަށު މީހަކާ އިނދެގެން އުޅޭ މިހެއް. އޭނައަށްވެސް އަނބި ދަރިން ކައިރީ ވަޒީފާ އަދާކުރެވެން ވާނެ.
ފަޔާ
about 1 year ago
ސިޔާސީ ގޮތުން ޕްރިންސިޕަލް ބޭރުކުރުން އޯކޭ، އެކަމު ސިޔާސީ ގޮތުން ޕްރިންސިޕަލް ރަށަށް ގެނައުން ސަކަރާތް..މިކިޔަނީ ކީކޭބާ؟؟ ކުރީ ސަރުކާރުގަ ޕްރިންސިޕަލް ބޭރުކުރީ ގޯސްކޮށް. ޕްރިންސިޕަލް އަކީ ރަނގަލު މީހެއް.
އަމީލު
about 1 year ago
ޕްރިންސިޕަލް ގޯހެއް ނޫން. ޕްރިންސިޕަލް ބޭރުކުރަން އުޅެނީ ސިޔާސީ ގޮތުން. ޕްރިންސިޕަލަކީ ބަސް މަދު، އަހްލާގް ރަނގަޅު މީހެއް. ރަށުގެ ހައެއްކަ މީހަކު ވެގެން މިގަނޑެއް މި ގަންނަނީ.
ެެނަަސ
about 1 year ago
ޑރ އިއްސެ އަށް އެއްޗެއް ވިސްނިއްޖެތަ؟ ތިހެން ގަދަބަސް ބުނެގެން މިނިސްޓްރީ އެއް ނުހިންގޭނެ.
ހަނީފާ
about 1 year ago
މާތް ﷲ ވާ ވަކީލު. މިނިސްޓަރަށް ހީވެގެން އުޅެނީ ތިމާ ބޭނުން ކޮންމެ ގޮތަކަށް ގަދަކަން ދައްކާ ކަންކަން ނިންމިދާނެކަމަށް. މިފަހަކުންވެސް 17 އަހަރުގެ ޕްރިންސިޕަލް ކަމުގައި ފެނުނު އެންމެ ގުޅުން ކުޑަ، ހަރުކަށި އަދި ނިންމުންތަކުގައި އެއްވެސް އޮއްޓަރެއްނެތް މިނިސްޓަރެއް. ބޮލެއް ހުރި ފިރިހެނެއްނަމަ އިނގެންވާނެ މީގެ ކުރިން ބެލެނިވެރިން ތަނުން ބޭރުކުރި މީހަކު އަނެއްކާ ކަމަކާނުލާ ނުވައްދާނެކަން. އަމުދުން ރަނގަޅު ޒުވާން ޕްރިންސިޕަލެއް ހުއްޓާ އުފުރާލީ.
Comment