Advertisement

އިންތިހާބުގައި ކާމިޔާބީ ލިބިއްޖެ، މިއީ ޕާކިސްތާނަށް ލިބުނު ބޮޑު އުފަލެއް: އިމްރާން ޚާން

10 ފެބުރުވަރީ 2024 - 10:51 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިމްރާން ޚާންގެ ޕާޓީ ޕީޓީއައި ގެ ސަޕޯޓަރުން އުފާފާޅު ކުރަނީ -- ފޯޓޯ: ރޮއިޓާސް


އިންތިހާބުގައި ކާމިޔާބީ ލިބިއްޖެ، މިއީ ޕާކިސްތާނަށް ލިބުނު ބޮޑު އުފަލެއް: އިމްރާން ޚާން

10 ފެބުރުވަރީ 2024 - 10:51 0

ޕާކިސްތާނުގެ އާންމު އިންތިހާބުގައި ކާމިޔާބީ ލިބިއްޖެ ކަމަށާއި އެއީ އެ ގައުމަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.

އިންތިހާބުގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީ ޕީޓީއައި އަދި އޭނާއަށް ތާއީދު ކުރައްވާ ކެންޑިޑޭޓުން ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ނަވާޒް ޝަރީފް ވެސް ވަނީ އުފާ ފާޅުކުރައްވައި ތަގުރީރެއް ދެއްވާފަ އެވެ.

ޖަލުގައި މިވަގުތު ހުންނެވި އިމްރާން ޚާންގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް ދެއްވި (އޭއައި ވާޝަން) ގެ ތަގުރީރުގައި ވިދާޅުވީ، ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާން ނިކުމެ އަޑު އިއްވިކަމީ ލިބުނު ބޮޑު އުފަލެއް ކަމަށާއި މުޅި ގައުމާމެދު ފަހުރުވެރިވާ ކަމަށެވެ.

މީގެ އިތުރުން ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފަށް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް އުފާފާޅު ކުރައްވައި ތަގުރީރެއް ދެއްވާފައިވާއިރު، މުޅި ޕާކިސްތާން އޭނާ މިހާރު ބަލައިނުގަންނަ ކަމަށް އިމްރާން ޚާން ވަނީ ވިދާޅުވެފަ އެވެ.

ނަވާޒް އުފާ ފާޅުކުރައްވާ ދެއްވި ތަގްރީރުގައި ވިދާޅުވީ، ނެޝަނަލް އެސެމްބްލީގައި ތަމްސީލްކުރާ އެންމެ ބޮޑު ޕާޓީއަށް ވެގެންދާނީ ޕީއެމްއެލްއެން ކަމަށާއި އެހެން ޕާޓީތަކަށް އެ ޕާޓީއާ ކޯލިޝަން ހަދަން ދައުވަތު އަރުވާ ކަމަށެވެ.

އެހެން ޕާޓީތަކަށް ކޯލިޝަން ހެދުމަށް ނަވާޒް ދައުވަތު ދެއްވާފައިވާއިރު، އިންތިހާބުގެ ކުރިން އޭނާ ވަނީ ކޯލިޝަން ހެދުމާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ. އަދި އެއީ ބޭކާރު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ޕާކިސްތާނުގައި ބުރާސްފަތި ދުވަހު ބޭއްވި އިންތިހާބުގެ ނަތީޖާ އަދިވެސް އެއްކޮށް އިއުލާންކޮށް ނުނިމޭއިރު، އިންތިހާބުގެ އިންސާފުވެރިކަމާ މެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފަ އެވެ.

ޕާކިސްތާންގެ އިލެކްޝަން ކޮމިޝަނުން އިއުލާން ކޮށްފައިވާ ނަތީޖާއަށް ބަލާއިރު، ޕީޓީއައިއަށް ތާއީދުކުރާ 99 މިނިވަން ކެންޑިޑޭޓުން ވަނީ ގޮނޑި ކާމިޔާބުކޮށްފަ އެވެ. އަދި ދެވަނައިގައި އޮތް ޕީއެމްއެލްއެންއަށް ކާމިޔާބު ކުރެވިފައި ވަނީ 71 ގޮނޑި އެވެ.

އިންތިހާބުގައި މިހާތަނަށް 250 ގޮނޑިއެއްގެ ނަތީޖާ ވަނީ އިއުލާން ކޮށްފަ އެވެ. އަދި ބާކީ 15 ގޮނޑީގެ ނަތީޖާ އިއުލާން ނުކުރެ އެވެ.