Advertisement

ހަސަން މެރިންއިން އާ ތިން އުފެއްދުމެއް ބާޒާރަށް

8 ފެބުރުވަރީ 2024 - 20:37 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހަސަން މެރިން އިން މިއަދު ތައާރަފު ކުރި އާ ތިން ޕްރޮޑަކްޓެ -- ފޮޓޯ؛ އަދަދު


ހަސަން މެރިންއިން އާ ތިން އުފެއްދުމެއް ބާޒާރަށް

8 ފެބުރުވަރީ 2024 - 20:37 0

ހަސަން މެރިން އިންޖިނިއަރިން ސޮލިއުޝަނުން އާ ތިން އުފެއްދުމެއް ބާޒާރަށް ތައާރަފުކޮށްފި އެވެ.

މިއަދު ފެށި މެރިން އެކްސްޕޯގެ އޮފިޝަލް ޕްރޮޑަކްޓް ޕާޓްނާ ހަސަން މެރިން ސޮލިއުޝަނުން އަލަށް ނެރުނީ މާކިއުރީ އެވެޓާ އާއި މާކިއުރީ ވީ-10 އަދި ސްޓާލިންކް ކަމަށެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ފެބްރުއަރީ 8 އިން 11 ގެ ނިޔަލަށް ކުރިޔަށްގެންދާ މެރިން އެކްސްޕޯގައި އި ފެއްދުންތައް ދައްކާލަ އެވެ.

ހަސަން މެރިންގެ މެނޭޖިން ޑިރެކްޓަރު ހަސަން ހަލީމް ވިދާޅުވީ އެ ކުންފުނިން އަލަށް ނެރުނު މާކިއުރީ ވީ-10 އަކީ ބާރު ދުވެލީގައި ދަތުރުކުރަން އެކަށީގެންވާ އައުޓްބޯޑު އިންޖީނެއް ކަމަށާއި، އެ އިންޖީނަކީ ޒަމާނާ އެއްގޮތަށް ފަރުމާކޮށްފައިވާ އިތުބާރު ލިބިފައިވާ ކޮލިޓީ އިންޖީނެއް ކަމަށެވެ.

އެ ކުންފުނިން ބެޓަރީ އައުޓްބޯޑު އިންޖީނެއް ވެސް ތައާރަފުކުރި އެވެ. އެވެޓާއަކީ ބޭނުން ކުރަން ވަރަށް ހަރަދު ކުޑަ އަދި ޗާޖު ކޮށްލައިގެން ދަތުރުކުރެވޭ އިންޖީނެއް ކަމަށް ހަސަން ވިދާޅުވި އެވެ.

ރާއްޖޭގައި އަލަށް ސްޓާލިންކް ވިއްކުމުގެ ހުއްދައާއެކު ހަސަން މެރިންގެ ފަރާތުން އެ ޕްރޮޑަކްޓް ވިއްކަން ފަށާފައިވާއިރު، އެކްސްޕޯއިން ޕްރޮޑަކްޓާ ބެހޭ މައުލޫމާތު ލިބޭނެ އެވެ.

މާކިއުރީގެ ރާއްޖޭގެ އޮތޮރައިޒްޑް ސޭލްސް އެންޑް ސާވިސް ޑިސްޓްރިބިއުޓާ ހަސަން މެރިން ސޮލިއުޝަންއަކީ ރާއްޖޭގެ ކުއިކްސިލްވާ މެރިން، މަލްޓިފްލެކްސް، އަކުއާ މެރީނާ، އެންޖީކޭ، ތޯޑޮން، އަޓްވުޑްގެ އޮފިޝަލް ޑިސްޓްރިބިއުޓަރެވެ.