Advertisement

މެރިން އެކްސްޕޯ: އަލްޝާލީން "މެޖެލަން 32" މަސް ލޯންޗު ތައާރަފުކޮށްފި

8 ފެބުރުވަރީ 2024 - 19:36 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މޯލްޑިވްސް މެރިން އެކްސްޕޯގައި އަލްޝާލީން ތައާރަފްކުރި މެޖެލަން 32 ގެ މަސް ލޯންޗް: މިއީ މަލްޓިޕާޕަސް އެކްސްކާޝަން ލޯންޗެއް -- ފޮޓޯ؛ އަދަދު


މެރިން އެކްސްޕޯ: އަލްޝާލީން "މެޖެލަން 32" މަސް ލޯންޗު ތައާރަފުކޮށްފި

8 ފެބުރުވަރީ 2024 - 19:36 0

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދު ފެށި މޯލްޑިވްސް މެރިން އެކްސްޕޯގައި އަލްޝާލީ މެރިން މޯލްޑިވްސް އިން އެ ކުންފުނީގެ އާ އުފެއްދުން، "މެޖެލަން 32" ލޯންޗް ތައާރަފުކޮށްފި އެވެ.

މި ލޯންޗު ހަމަ ލޮލުން ބަލާލައި ބޭނުންވާ މައުލޫމާތު މިއަދުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މެރިން އެކްސްޕޯއިން ލިބޭނެ ކަމަށް، އަލްޝާލީ މެރިންގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއިލް ޝަރީފު ވިދާޅުވި އެވެ.

އަލަށް ތައާރަފުކުރި 30 ފޫޓުގެ މަލްޓިޕާޕަސް އެކްސްކާޝަންއަށް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ ލޯންޗު އަކީ ހުރިހާ މާކެޓަކަށް ވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ލޯންޗެކެވެ.

"މި ލޯންޗު މި އެކްސްޕޯގެ ތެރެއިން ދެ އިންޖީނާއި އެހެން ހުރިހާ ސާމަނަކާއެކު 1.5 މިލިއަނަށް ދޫކޮށްލެވޭނެ. އަދި ހަމައެކަނި ހަލް ބޭނުންވާނަމަ ފަސް ލައްކަ ރުފިޔާ،" ޝަރީފު ވިދާޅުވި އެވެ.

މޯލްޑިވްސް މެރިން އެކްސްޕޯގައި އަލްޝާލީން ތައާރަފްކުރި މެޖެލަން 32 ގެ މަސް ލޯންޗް: މިއީ މަލްޓިޕާޕަސް އެކްސްކާޝަން ލޯންޗެއް -- ކުރެހުން: އަލްޝާލީ މެރިން މޯލްޑިވްސް


މި މަރުކާގެ ލޯންޗު ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރަނގަޅު ޕޭމަންޓް ޕްލޭންތަކެއް ދޭނެ ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

ފާއިތުވި އަހަރުތަކުގައި އަލްޝާލީން ވަނީ ފައިބަރު ގްލާސްގެ ބޯޓުތަކާއި، އަށް ފޫޓުން ފެށިގެން 17 ފޫޓުގެ ޑިންގީ އާއި 21، 24، 34، 36 އަދި 37 ފޫޓުގެ އިތުރުން 50 ފޫޓުގެ ސްޕީޑް ބޯޓުތައް ދިވެހި ބާޒާރަށް ނެރެފަ އެވެ.

އަލްޝާލީ މެރިން އަކީ ރާއްޖޭގެ ކޯސްޓްލައިން އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑާއި ޔޫއޭއީގެ އަލްޝާލީ މެރިން ދުބާއީއާ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއެކެވެ.

ކުރު މުއްދަތެއްގެ ތެރޭގައި މި ކުންފުނިން ވަނީ ރާއްޖޭގައި ފައިހަމަކޮށް، ރާއްޖެއާ ގުޅޭ މޮޅު އުފެއްދުންތައް ބާޒާރަށް ނެރެފަ އެވެ.