Advertisement

މެރިން އެކްސްޕޯގެ ޔަމަހާ ސްޓޯލަށް ޒިޔާރަތް ކޮށްގެން އިންޖީނެއް ލިބުމުގެ ފުރުސަތު!

9 ފެބުރުވަރީ 2024 - 10:42 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މަރިން އެކްސްޕޯގައި ހުންނަ ޔަމަހާގެ ސްޓޯލް -- ފޮޓޯ: އެލިއާ


މެރިން އެކްސްޕޯގެ ޔަމަހާ ސްޓޯލަށް ޒިޔާރަތް ކޮށްގެން އިންޖީނެއް ލިބުމުގެ ފުރުސަތު!

9 ފެބުރުވަރީ 2024 - 10:42 0

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯގައި ހުންނަ ޔަމަހާ ސްޓޯލަށް ޒިޔާރަތް ކޮށްގެން 60 ހޯސްޕަވަރުގެ އިންޖީނެއް ލިބޭ ޕްރޮމޯޝަނެއް އެލިއާއިން ފަށައިފި އެވެ.

އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ އެކްސްޕޯގައި ހުންނަ ޔަމަހާ ސްޓޯލަށް ޒިޔާރަތްކޮށް ޕްރޮމޯޝަނުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން އޮންނާނީ އެކްސްޕޯގެ އެންމެ ފަހު ދުވަހު އެވެ. ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތާ އިންޖީނު އެ ދުވަހު ހަވާލު ކުރާނެ އެވެ.

ޔަމަހާ 60 ހޯސްޕަވަރުގެ އިންޖީނަކީ އާންމު ދިރިއުޅުމުގައި ދިވެހިންގެ ކަނޑުދަތުރުކުރުމުގެ އެންމެ ގިނައިން ބޭނުން ކުރާ ދިވެހީންގެ އިތުބާރު ހޯދާފައިވާ އެއް އިންޖީނެވެ. ފިއުލް އިންޖެކްޓަރުގެ މިމޮޑެލަކީ ތެޔޮ ހަރަދުކުޑަ، ބަރުކޮށް ބާރު ދުވެލީގައި ދަތުރުކުރުމަށް ހާއްސަކޮށް ފަރުމާ ކޮށްފައިވާ އިންޖީނެކެވެ. ރާއްޖޭގައި ބޭނުންކުރާ މިޑްރޭންޖު އިންޖީނުގެ ތެރޭގައި އެންމެ ގިޔަރު ވަރުގަދަ އިންޖީނަކީ ވެސް ޔަމަހާ 60 ހޯސްޕަވަރުގެ އިންޖީނެވެ.

މިއަހަރަކީ އެލިއާ އާއި ޔަމަހާ ގުޅިގެން ރާއްޖެއަށް ޔަމަހާ ބުރޭންޑުގެ އައުޓްބޯޑް އިންޖީނު ވިއްކުމުގެ ކުރުމުގެ ރަންޔޫބީލް އަހަރެވެ. މެދުކެނޑުމެއްނެތި ދެމުންދާ ހިދުމަތަށް ކާމިޔާބު 50 އަހަރު ފާހަގަ ކުރަމުންދާއިރު އެލިއާއަކީ ދަތުރުފަތުރުކުރުމުގެ ދާއިރާގައި ދިވެހި ކަނޑުތަކަށް އިންގިލާބެއް ގެނެސްދިން ބައިވެރިއެކެވެ. ރާއްޖެއަށް ޔަމަހާ އައުޓްބޯޑު އިންޖީނު އެލިއާއިން ތައާރަފުކޮށް، ޔަމަހާގެ ތަފާތު އުފެއްދުންތައް ދަނީ މެދެކެނޑުމެއް ނެތި ފޯރުކޮށްދެމުންނެވެ.

އެލިއާއިން ބުނީ އެ ކުންފުނީގެ އުންމީދަކީ އެހެން އަހަރުތެކޭ އެއްފަދައިން މިއަހަރުގެ މެރިން އެކްސްޕޯއަށް ވެސް ގިނަ ފަރާތްތަކުން ޒިޔާރަތްކޮށް މިއެކްސްޕޯގެ ތަފާތު ޕްރޮމޯޝަންތަކުގައި ބައިވެރިވުން ކަމަށެވެ.