Advertisement

ތެލެސީމިއާ ބޭސް ފާމަސީތަކުން ނަގާ ގޮތަށް ހެދި މައްސަލަ މަޖިލީހުން ބަލަނީ

8 ފެބުރުވަރީ 2024 - 12:15 0

ނިމާ ހަސަން

ނިމާ ހަސަން

ބޭސް ފިހާރަތަކެއް; ތެލަސީމިއާ ބޭސް ފާމަސީތަކުން ނެގޭ ގޮތް ހެދި މައްސަލަ މަޖިލީހުން ބަލަން ފަށައިފި -- ފޮޓޯ: އަދަދު


ތެލެސީމިއާ ބޭސް ފާމަސީތަކުން ނަގާ ގޮތަށް ހެދި މައްސަލަ މަޖިލީހުން ބަލަނީ

8 ފެބުރުވަރީ 2024 - 12:15 0

ތެލަސީމިއާ ހުންނަ މީހުންނާއި ކުދިންނަށް ބޭނުންވާ ބޭސް, އެސްޓީއޯ ފާމަސީތަކުން ދޫކުރާ ގޮތަށް ހަމަޖެއްސި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލަން ފަށައިފި އެވެ.

ތެލަސީމިއާ ބަލިމީހުންނަށް ބޭނުންވާ ބޭސް, ފާއިތުވި 30 އަހަރު ފޯރުކޮށްދިނީ ހެލްތު މިނިސްޓްރީގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އިންނެވެ. ތެލަސީމިއާ ބަލިމީހުންނަށް ބޭނުންވާ ހުރިހާ ފަރުވާއެއް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދެމުން ދިޔައީ އެމްބީއެސް އިންނެވެ.

އެހެން ނަމަވެސް, ލުއި ގޮތްތަކެއް ހޯދައިދިނުމަށް ކަމަށް ބުނެ ސަރުކާރުން ވަނީ ދާދި ފަހުން އެ ބޭސްތައް ދޫކުރުން އެސްޓީއޯ ފާމަސީއާ ހަވާލުކޮށްފަ އެވެ. އެ ބަދަލާއެކު ތެލަސީމިއާ ކޮމިއުނިޓީން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ތެލަސީމިއާ ބަލިމީހުން ކަންބޮޑުވުމަކީ, ޑޮކްޓަރަށް ދެއްކުމަށްފަހު ބޭސް ނަގަން އެހެން ތަނަކަށް ގޮސް, ގިނަ ވަގުތު, މީހުން ގިނަ ތަނެއްގައި ކިއުގައި ޖެހިގެން ތިބެން ޖެހުމެވެ. އެއީ ތެލަސީމިއާ ބަލިމީހުން, އެހެނިހެން ބަލިތަކަށް ހުށަހެޅޭ ކަމެއްގެ ގޮތުގައި އެ މީހުން ދެކެ އެވެ.

ހަމައެކަނި ތެލަސީމިއާ ބަލިމީހުންނަށް ބޭނުންވާ ބޭސް ހޯދަން އެމްބީސީގެ ބަދަލުގައި ބޭސްފިހާރައަށް ދިއުމުގެ ކަންބޮޑުވުން ވެސް އެމީހުން ފާޅުކޮށްފައި ވެއެވެ.

މި މައްސަލަ ދިރާސާ ކުރުމަށް މިއަދު ބޭއްވި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ވަނީ, ތެލަސީމިއާ ބަލިމީހުންނަށް ބޭނުންވާ ބޭހުގެ ކޮލިޓީ ދަށްވުމާއި, ބޭހުގެ ކޮލިޓީ ނުހިފެހެއްޓުމުގެ ކަންބޮޑުވުން ވެސް ފާހަގަކޮށްފަ އެވެ. މިއީ އަވަސް ހައްލެއް ބޭނުންވާ, ހައްސާސް މައްސަލައެއް ކަމުން ކޮމިޓީން ނިންމީ މިކަމުގައި ސިޓީ ފޮނުވުމުގެ ބަދަލުގައި ކަމާ ގުޅޭ އިދާރާތައް އަދި ތެލަސީމިއާ ކޮމިއުނިޓީ, ކޮމިޓީއަށް ހާޒިރު ކުރުމަށެވެ.