Advertisement

ބައްސާމް، އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް

8 ފެބުރުވަރީ 2024 - 11:12 0

އަތޫފް އާތިފް

އަތޫފް އާތިފް

މިއަދު ބޭއްވި ކޮންގްރެސްގައި. ބައްސާމް ވާހަކަ ދައްކަވަނީ،--- ފޮޓޯ: އަތޫފް އާތިފް / އަދަދު


ބައްސާމް، އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް

8 ފެބުރުވަރީ 2024 - 11:12 0

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިހާބުގައި މިހާރު ވެސް އެ އެސޯސިއޭޝަންގެ ރައީސްކަން ކުރައްވަމުން އަންނަ ބައްސާމް އަދީލް ޖަލީލް ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވައިފި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓަލުގައި މިއަދު ކުރިއަށްދިޔަ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ގައި ނޫސްވެރިން ތަކުރާރުކޮށް ބައްސާމްއާ ސުވާލު ކުރެއްވުމުންވެސް ބައްސާމް ވަނީ އިންތިހާބުގައި ވާދަކުރެއްވުމާއި ގުޅޭ ގޮތުން ވަކި އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށް ވިދާޅުވެފަ އެވެ.

އިންތިހާބުގައި ވާދަކުރެއްވުމާއި ގުޅޭ ގޮތުން އަޅުގަނޑު ވަކި ގޮތެއް ނުނިންމަން, ދެން މިކަން ތި ބޭފުޅުން ބޭނުން ގޮތަކަށް މާނަ ނަންގަވަންވީ -- ބައްސާމް

މީގެ ކުރިން ބައްސާމް ވަނީ އެފްއޭއެމްގެ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެއީ ބައްސާމް، އެފްއޭއެމްގެ ފައިސާ އަށް ހިޔާނަތްތެރިވެފައިވާ މައްސަލަތަކެއްގެ ޖިނާއީ ތަހުގީގެއް ކުރިއަށްދާތީ އެވެ. އެ ފަހަރު ބައްސާމް އެ ގޮތަށް އިއުލާނުުކުރީ ބަޔާނެއް ނެރުއްވުމަށް ފަހު އެވެ.

އެކަމަކު، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވިދާޅުވީ, އެއީ މުޅިން އެހެން އިންތިހާބެއް ކަމަށެވެ. އަދި އެ އިންތިހާބު މިހާރު ކެންސަލް ކޮށްފި ކަމަށް ބައްސާމް ވަނީ ވިދާޅުވެފަ އެވެ.

ބައްސާމް ވިދާޅުވީ މިވަގުތު ވިސްނުން ހުރީ އިންސާފްވެރި އިންތިހާބެއް ބޭއްވުމަށް ކަމަށާއި, މި ވަގުތައް ބަލާއިރު, އިންތިހާބުގައި ބައިވެރިވުމަށް ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ.

"މިވަގުތު އަޅުގަނޑުގެ ވިސްނުން މި ހުރީ އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް, އެގޮތުގެ މަތިން މިއަދުގެ ކޮންގްރެސްވެސް ބޭއްވިގެން މިދިޔައީ, އާ އިންތިހާބެއްގައި ވާދަކުރެއްވުމަށް އަޅުގަނޑު އަދި ވަކި ގޮތެއް ނުވިސްނަން, އަޅުގަނޑު އަަބަދުވެސް ބުނާ ވާހަކަ އެއް އެއީ މެމްބަރު ކުލަބްތަކުން ބޭނުންވާ ގޮތަކަށް އަޅުގަނޑު އަމަލުކުރާނެ ކަން" ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމްގެ އިންތިހާބު ބޭއްވުމަށް އެންމެ ފުރަތަމަ ނިންމީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. އެ އިންތިހާބުގައި ވާދަކުރައްވަން ހުށަހެޅީ, އެފްއޭއެމްގެ ކުރީގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) އާއި މުފާވިޒް ހާޝިމް (މުފާ) އެވެ.

އެކަމަކު، އެ އިންތިހާބު ކުރިއަށް ނުގެންގޮސް ފަސް ކުރަން ކޮމިޝަނަރު އޮފް ސްޕޯޓްސް އިން ވެސް ވަނީ އަންގައިފަ އެވެ. އެގޮތަށް ސްޕޯޓްސް ކޮމިޝަނަރު އަންގާފައި ވަނިކޮށް ފަހުން ފީފާ އަދި އޭއެފްސީ އިން ވެސް ވަނީ އިންތިހާބާ ގުޅޭ މައްސަލަތަކެއް ހުރުމުން އެ އިންތިހާބު ނުބާއްވަން އެފްއޭއެމް އަށް އަންގާފަ އެވެ.

ފީފާ އަދި އޭއެފްސީ އިން މި ގޮތަށް ނިންމީ, އިންތިހާބާ ގުޅޭ ބައެއް ކޮމެޓީތައް ފުރިހަމަ ނުވެ ހުރުމުންނެވެ.

ދެން ބާއްވާ އިންތިހާބެއްގައި ބައްސާމަށް ވާދަކުރެވިދާނެތޯ އެއީ ސުވާލު އުފެދޭ ކަމެކެވެ. ބައްސާމްގެ މައްޗަށް ވަނީ މަަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާ އުފުލައިފަ އެވެ. މި ތަހުގީގަށް އޭނާގެ ޕާސްޕޯޓް ވެސް އޮތީ ހިފަހައްޓައިފަ އެވެ. ފީފާގެ ބައްދަލުވުމެއްގައި ބައިވެރިވާން ދަތުރު ކުރުމުގެ ފުރުސަތަކަށް ބައްސާމް އެދުނު ނަމަވެސް އިއްޔެ ކްރިމިނަލް ކޯޓުން އަމުރު ކުރީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެެވެ.