Advertisement

އަލްމަރާއި ޖޫހުގެ ރަހަ ބަލާލަން ރަނގަޅު ފުރުސަތެއް

8 ފެބުރުވަރީ 2024 - 10:04 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އަލްމަރާއި ޖޫހުގެ ރަހަ ބަލާލަން ރަނގަޅު ފުރުސަތެއް

8 ފެބުރުވަރީ 2024 - 10:04 0

ވިލާ ޓްރޭޑިން އިން އެތެރެކޮށް ވިއްކާ އަލްމަރާއި ޖޫހުގެ ރަހަ ދައްކާލުމުގެ ހަރަކާތެއް އަންނަ ހޮނިހިރު ދުވަހު ހުޅުމާލެ ފޭސް-2 ގައި ބާއްވަން ނިންމައިފި އެވެ.

ވިލާ މާޓުން ބުނީ މި ހަރަކާތް އޮންނާނީ ހިޔާ ޓަވަރު 14 ގައި ހުންނަ ވިލާ މާޓް 4 ގެ ކުރިމަތީގައި ކަމަށާއި، ރަހަ ބަލާލުން ކުރިޔަށްދާނީ ހޮނިހިރު ދުވަހު ހަވީރު 4:00-6:00 އަށް ކަމަށެވެ.

އަލްމަރާއި ތާޒާ ޖޫހަކީ ފެންވަރު ރަނގަޅު މޭވާއިން ތައްޔާރުކުރާ ޖޫހެކެވެ. އިތުބާރު ކުރެވޭ ސަޕްލަޔަރުންގެ ފަރާތުން ބޭނުންވާ ބާވަތްތައް ހޯދައި، ޖޫސް އުފެއްދުމުގެ މަރުހަލާގައި ކޮލިޓީ ކޮންޓްރޯލް ކުރުމުގެ އެންމެ މަތީ މިންގަނޑުތައް ދަމަހައްޓަ އެވެ.

މި ޖޫސް ޕެކެޓްތައް ފަރުމާކޮށްފައި ވަނީ ޖޫހުގެ ތާޒާކަމާއި ރަހަ ހިފެހެއްޓޭ ގޮތަށްކަން ފާހަގަކޮށް ވިލާ މާޓުން ބުނީ، އެއާ ޓައިޓް ޕެކޭޖިންގެ ސަބަބުން ހަލާކުވުން ހުއްޓުވައި، ނިއުޓްރިއަންޓްސް ހިފަހައްޓައި، ތާޒާ އަދި ރަހަމީރު ބުއިމެއްކަން ކަށަވަރުކޮށްދެ ކަމަށެވެ.

"އަލްމަރާއިގެ ތާޒާ ޖޫސް ޕެކެޓުތަކުން ރަހަ ރަނގަޅުވުމުގެ އިތުރުން މޭވާގައި ގުދުރަތީ ގޮތުން އެކުލެވޭ މުހިންމު ވިޓަމިންތަކާއި މިނަރަލްސް ވެސް ލިބިދޭ. މިއީ ކޮންމެ ދުވަހަކު ވެސް ހަށިގަނޑަށް ލިބިދޭން ޖެހޭ ބައިތަކެއް،" ވިލާ މާޓުން ބުނެ އެވެ.

ވިލާ މާޓުން ކަސްޓަމަރުންގެ ލުއިފަސޭހައަކަށް، ވިލާ މާޓްގެ ވެބްސައިޓް މެދުވެރިކޮށް، ފަސޭހަކޮށް ވިޔަފާރިކުރެވޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

އެ ވެބްސައިޓަކީ ވިލާ މާޓުން ލިބެންހުރި އުފެއްދުންތަކާ ބެހޭ މައުލޫމާތުގެ އިތުރުން އީ-ކޮމާސް ތަޖުރިބާކުރެވޭ ގޮތަށް އުފައްދާފައިވާ ވެބްސައިޓަކަށްވާއިރު، އޮންލައިންކޮށް ވިޔަފާރިކުރަން ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެޕް ސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރުން ވިލާ މާޓްގެ އެޕްލިކޭޝަން ޑައުންލޯޑް ކުރެވެން ހުރެ އެވެ.

ވިލާ މާޓްގެ އަމާޒަކީ ކޮސްމެޓިކްސް އާއި ގޭތެރޭގެ އެހެނިހެން ސާމާނު ފަދަ އެހެނިހެން ބާވަތްތަކާއެކު ފެންވަރު ރަނގަޅު ކާބޯތަކެއްޗާއި ބުއިންތައް ބާޒާރަށް ފޯރުކޮށްދީ، ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ބޭނުންވާ އުފެއްދުންތައް އެންމެ ފަސޭހައިން ލިބެން ހުންނަ ގޮތް ހަމަޖަސައިދިނުމެވެ.