Advertisement

ޝަރުތު ހަމަވާ މީހުންނަށް އަވަހަށް ފްލެޓު ދޭން ގޮވާލައި މަޖިލީހަށް މައްސަލައެއް

7 ފެބުރުވަރީ 2024 - 10:30 1

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ، ފްލެޓު ލިބެންދެން އެތައް އާއިލާއެއް ވަރަށް ހާލުގައި އުޅެމުންދާކަން ފާހަގަކުރެއްވި -- ފޮޓޯ: މަޖިލިސް


ޝަރުތު ހަމަވާ މީހުންނަށް އަވަހަށް ފްލެޓު ދޭން ގޮވާލައި މަޖިލީހަށް މައްސަލައެއް

7 ފެބުރުވަރީ 2024 - 10:30 1

ގެދޮރުވެރިޔާ ސްކީމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި ޝަކުވާތައް ބެލުމަށް އެ ކޮމިޝަނުން ހިންގި ތަހުގީގުން ޝަރުތު ހަމަވާކަން ހާމަވި ފްލެޓުގެ ހައްގުވެރިންނަށް އިތުރަށް ލަސް ކުރުމުކާއި ނުލައި ފްލެޓުތައް ދޫކުރުމަށް ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އޭސީސީން ފާހަގަކުރާ ގޮތުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ފޯމުތަކުގެ ނިސްބަތަކީ 20.7 ޕަސެންޓެވެ.

ދަތި ހާލުގައި އާއިލާ ބިނާ ކުރަމުންދާ މީހުންގެ ތަކުލީފުތަކަށް ހައްލެއް ހޯދައި ދިނުމަށް ކުރަން އޮތް އެންމެ މުހިންމު އެއް މަސައްކަތަކީ ޝަރުތު ހަމަވާ މީހުންނަށް ވީ އެންމެ އަވަހަކަށް ފްލެޓުތައް ދިނުމަށް އީވާ ހުށަހެޅި މައްސަލާގައި ގޮވާލާފައިވެ އެވެ.

މި މައްސަލަ ބަލައިގަތުމަށް ވޯޓުގައި ބައިވެރިވި 24 މެމްބަރުންގެ އިންތިފާގުން ފާސްވެ، މަޖިލީހުގައި މި ވަގުތު މި މައްސަލައަށް އަންނަނީ ބަހުސް ކުރަމުންނެވެ. މައްސަލަ ހުށަހަޅުއްވަމުން ފްލެޓުތަކަކީ ގިނަ ބަޔަކު އުޅެމުންދާ ދަތި ހާލަށް ލިބޭނެ ހައްލެއް ކަމަށް އީވާ ފާހަގަކުރެއްވި އެވެ.

"އެކި ސަބަބުތަކަށްޓަކައި ފްލެޓުތައް ދޫކުރުން މަސައްކަތް ލަސްވުމުގެ ސަބަބުން ފްލެޓޫގެ ހައްގުވެރިންނަށް ނުހަނު ގެއްލުން ލިބޭ. ފްލެޓުތަކުގައި ދިރިއުޅެވެން ދެން ކުލީގެ ގޮތުގައި އާމްދަނީއަށް ލިބޭ ބޮޑު އެއްޗެއް ހޭދަ ކުރަން ޖެހޭ. އާއިލާގެ ހުރިހާ މެމްބަރުންނާއެކު ކުދި ކުދި ތަންކޮޅުގައި އުޅެންޖެހިފައިވާ އެތައް އާއިލާއެއް އެބަ ތިބި،" އީވާ ހުށަހެޅި މައްސަލާގައިވެ އެވެ.

ފްލެޓު ލިބޭނެ ކަމަށް ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ކަނޑައެޅި މީހުންގެ ތެރެއިން 60 ޕަސެންޓު މީހުންގެ ޝަރުތުހަމަނުވާ ކަމަށް އޭސީސީގެ ތަހުގީގުން ފާހަގަކޮށްފައިވެ އެވެ.

ޝަރުތު ފުރިހަމަވީީ ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ނިސްބަތަކީ 19.7 ޕަސެންޓެވެ. އެއްވެސް މައްސަަލައެއް ނެތީ 20 ޕަސެންޓު ފޯމުގަ އެވެ.

ޕޮއިންޓު ދިނުމުގައި ހުރި މައްސަލަތައް ފާހަގަކުރަމުން އޭސީސީން ބުނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތެއް ބަލަމުންދާ ފަރާތެއް ކަމަށް ފޯމުގައި ނެތަށް އެ ބަޔަށް ޕޮއިންޓު ދިނުމާއި ބައެއް ފޯމުތަކުގައި އެ ބަޔަށް ޕޮއިންޓު ދިނުމުގައި ޕޮއިންޓު ދިން އަސާސެއް އެނގެން ނެތް ކަމަށެވެ.

އަދި ފޯމުގައި ހުރި މައުލޫމާތުގައި ފުށުއެރުން ހުރި ފޯމުތަކަށް ވެސް އެކަންކަމަށް ރިއާޔަތްކުރުމެއް ނެތި ޕޮއިންޓު ދީފައިވާ މައްސަލަ ވެސް އެ ކޮމިޝަނުން ފާހަގަކުރި އެވެ.